Saturday, 24 October 2026
Ads by

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަކީ ބޭކާރު ޚަރަދެއް: ނަޝީދު

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަކީ ބޭކާރު ޚަރަދެއް: ނަޝީދު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު..

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަކީ ބޭކާރު ޚަރަދެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ މަޝްރޫޢަށް ފާޑުވިދާޅުވެއްޖެއެވެ.

Ad Image
Ads by

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ދައްކުވައިދޭ ފޮޓޯއެއް ޕީއެންސީގެ އެކްޓިވިސްޓަކު ޕޯސްޓުކުރުމާއެކު ނަޝީދުގެ ނުރަސްމީ އެކައުންޓުން ވިދާޅުވީ، މަގުތަކުގައި ތާރު އަޅައިގެން ރީތިކަމެއް ނުފެންނާނެ ކަމަށާއި، މަގުތަކުގެ ރީތިކަން ފެންނާނީ ގަސް އިންދައިގެން ކަމަށެވެ. މިސަރުކާރުން އެކަމެއް ރަނގަޅުކުރަން އަމާޒު ހިފާފައިވާ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށްވާ މާލޭގައި ބޭނުންކުރާ އުޅަނދުފަހަރުގެ އަދަދު ކޮންޓްރޯލްކުރުމަށް އިޝާރަތްކޮށް ނަޝީދު ވިދާޅުވީ އުޅަނދު އަދަދު ކޮންޓްރޯލްނުކޮށް، އަދި ޓްރެފިކާއި ޕާކިންގްގެ މައްސަލަތަކަށް އެދެވޭ ހައްލެއް ނުގެނެސް، މަގުތައް ފުޅާކުރުމަށް ކުރާ ޚަރަދަކީ ބޭކާރު ޚަރަދެއް ކަމަށެވެ. ނަޝީދު މިހެން ވިދާޅުވިއިރު އުސޫލެއް ހަމައެއް ލަމައެއްނެތި އެއްގަމު އުޅަނދު އެތެރެކުރުންވެސް މިސަރުކާރުން ވަނީ ކޮންޓްރޯލްކޮށްފައެވެ.

މީގެ އިތުރުން، މިހާރު ކުރިއަށްދާ މަޝްރޫޢުގެ ދަށުން މަގު ފުޅާކުރަނީ މަގުގެ ދެފަރާތުގައި ގަސް އިންދުމާއި، ޕާކިންގްއަށް ޚާއްޞަ ސަރަޙައްދުތައް ހިމެނޭ ގޮތަށް ފަރުމާކޮށްގެންނެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން މި ސަރަޙައްދު ތަރައްޤީކުރުމަށް ވިސްނާފައިނުވާ ފަދަ ފުރިހަމަ ބަދަލެކެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކަށް މިހާރުވެސް ބޮޑު ހައްލެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ވަކިން ޚާއްޞަކޮށް، ނިމިދިޔަ ރަމަޟާން މަހު ބާޒާރުމަތީގެ ތޮއްޖެހުން ކުޑަވެ، އާންމުންނަށް ބޮޑު ލުޔެއް ލިބިފައިވާތީ ގިނަ ބައެއްގެ ތަރުހީބު މި މަޝްރޫޢަށް ވަނީ ލިބިފައެވެ. ނަމަވެސް، އެމްޑީޕީން ވަނީ މި މަޝްރޫޢާ ދެކޮޅަށް ތެދުވެފައެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފައިވަނީ، މަގުގެ މަސައްކަތް މުޅިން ނިމޭއިރު، ދަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ”ދަތުރުވެރިންގެ ހިޔާ“ ފަދަ ވަސީލަތްތައްވެސް ގާއިމުކުރެވޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ތާރުއެޅުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެމްޓީސީސީގެ އަމާޒަކީ މި މަހުގެ ފަހު ހަފްތާގައި ތާރުއެޅުމުގެ މަސައްކަތް ފަށައި، މި މަސް ނިމުމުގެ ކުރިން މުޅި މަޝްރޫޢު ނިންމާލުމެވެ. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ޒަމާންތަކެއްވަންދެން އުފުލި ބޮޑު ތަކުލީފުތަކަކަށް ނިމުމެއް އަންނާނެ ’ބޮޑު ބަދަލަކަށް‘ ވެގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
4 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަލިހޮއްކޮ
އަލިހޮއްކޮ
3 މަސް ކުރިން

މީނައާއި ނުބެހޭ ކަމެއް އަޅެ އެބައޮތް ހެއްޔެވެ؟ ދަންނަންވީ ތިމާޔަކީ ދިވެހި ރައްޔިތުން ނުކުމެ ބޭރުކޮށްލި މީހެއްކަމެވެ. ކީއްވެގެންކަން އެނގޭދޯއެވެ. ރަސޫލާއަށް ހަޖޫ ޖަހާ ދީނަށް ފުރައްސާރަކޮއްގެން މީހުންގަޑު ރުޅި އައިސްގެންނެވެ. ގާޒީއަކު ހައްޔަރުކޮށް އެއަރޕޯރޓް ވިއްކާލައިގެންނެވެ. ދެން ގައުމުގެ ކަންތަކާ ބެހެނީ ކޮން ހައިސިއްޔަތެއް އޮތީމަ ހެއްޔެވެ؟

ބަޗީ
ބަޗީ
3 މަސް ކުރިން

މިހިރީ މީނާގެ ހުރި ގަމާރުކަން. މިކަލޭގެ ފޮނުވަންވީ އެއްވެސް ދިރުމެއް ނުވާ ދުނިޔެއަކަށް.

މަހާ
މަހާ
3 މަސް ކުރިން

ރައްޔިތަކަށް ފަސޭހަ ވަންޏާ އެކަމާ ދެކޮޅުހަދާނެ ބޮޑު ބަދަލު

ޝުކުރިއްޔާ
ޝުކުރިއްޔާ
3 މަސް ކުރިން

ހުވާ މަވަރަޢް ތާއީދުކުރާ, ކުރި މީހެއްތި.. ރައްޔިތުންނާ ގާތުން އާދައިގެ މީހާގެ ދިރިއުޅުމުގެ އިހުސާސްގަ, އެހެން ސިޔާސީންނާ ހިލާފައް ރާޖާ ހެދިގެން ނޫޅޭތީ..އެކަމު މިހާރު ތިކިޔެނީ ފކ..

Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި