Sunday, 25 October 2026
Ads by

ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން، އެތައް ހާސް ބަޔަކު މަރުވެފައިވާނެ ކަމުގެ ބިރު ބޮޑު!

ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުން، އެތައް ހާސް ބަޔަކު މަރުވެފައިވާނެ ކަމުގެ ބިރު ބޮޑު!

ވެނެޒުއޭލާގެ ވެރިރަށް ކަރަކަސް ހިމެނޭހެން އެ ގައުމުގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ދެ ބިންހެލުމެއް އައިސް، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާގައި 10,000 އާއި 100,000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވުން އެކަށީގެންވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން ވަނީ ލަފާކޮށްފައެވެ.

Ad Image
Ads by

ޔޫ.އެސް.ޖީ.އެސް އިން ހާމަކުރި ގޮތުގައި، ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރުގެ ވަގުތެއްގައި ފުރަތަމަ އައީ 7.2 ގެ ބާރުމިނުގެ ބިންހެލުމެކެވެ. މީގެ ކުޑަވަގުތުކޮޅެއް ފަހުން 7.5 ގެ ބާރުމިނުގައި ދެވަނަ ބިންހެލުން އައިސްފައިވަނީ ވެރިރަށް ކަރަކަސްއާ ގާތްގަނޑަކަށް 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔުމާރޭ ސަރަހައްދަށެވެ.

މި ކާރިސާއާ ގުޅިގެން ވެނެޒުއޭލާގެ އެކްޓިންގް ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައެވެ. ގައުމާ މުޚާތަބު ކުރައްވަމުން ރޮޑްރިގޭޒް ވިދާޅުވީ، ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ދައުލަތުގެ އިދާރާތަކުން ކުރަމުންދާ ކަމަށެވެ. ނަމަވެސް، މަރުވި މީހުންނާއި އަނިޔާވި މީހުންގެ ސީދާ އަދަދެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ވެނެޒުއޭލާގެ އިންޓީރިއާ މިނިސްޓަރު ދިއޮސްޑާޑޯ ކަބެލޯ ވިދާޅުވީ، ކަރަކަސްގެ އަލްޓަމީރާ އަވަށުގެ ހާލަތު ވަރަށް ނުރައްކާތެރި ކަމަށާއި، ގިނަ އަދަދެއްގެ އިމާރާތްތަކާއި ގެދޮރު ބިމާހަމަވެފައިވާ ކަމަށެވެ. އަދި ސަލާމަތީ ހިދުމަތްތަކާއި، ސިވިލް އެސިސްޓެންސް އަދި ފަޔަރު ބްރިގޭޑުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިންހެލުން އައިސްފައިވަނީ ވެނެޒުއޭލާގެ މިނިވަންކަމުގެ ހަނގުރާމައިގެ މުހިންމު ކާމިޔާބީއެއް ފާހަގަކުރުމަށް ގައުމީ ބަންދު ދުވަހެއްގެ ގޮތުގައި އޮތް ބުދަ ދުވަހު ކަމަށްވުމުން، ގިނަ ބަޔަކު ތިބީ ގޭގައެވެ. ބިންހެލުން ތަޖުރިބާކުރި މީހުން ބުނި ގޮތުގައި، އެއް މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ދެ ބިންހެލުން އައުމުން ބޮޑު ސިހުމެއް ލިބުނެވެ. އިމާރާތްތަކުގެ ފުރާޅުން ތަކެތި ފޭބުމާއި، ފާރުތައް ރެނދުލައި، މުޅި ސަރަހައްދު ގުޑަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ކިޔައިދީފައިވެއެވެ.

މި ހާދިސާގައި ކަރަކަސްގެ މައި ވައިގެ ބަނދަރު، ސައިމަން ބޮލިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި މިހާރު ވަނީ ބަންދުކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެއާޕޯޓުގެ ފުރާޅުން ބައިތައް ވެއްޓެމުން ދިޔައިރު މީހުން ދިޔައީ ރައްކާތެރިކަން ހޯދުމަށް ދުވަމުންނެވެ.

ސައިންސްވެރިން ހާމަކުރާ ގޮތުގައި ވެނެޒުއޭލާއަށް މިހާ ބޮޑު ގެއްލުމެއް ލިބުނީ އެ ގައުމު އޮންނަ ސަރަހައްދުގެ ބިމުގެ އަޑީގެ ފަށަލަތައް (ޓެކްޓޯނިކް ޕްލޭޓްސް) ގުޅޭ ހިސާބެއްގައި ކަމަށްވާތީއެވެ. އަދި ވެރިރަށް ކަރަކަސް އޮންނަ ގޮތުން ބިންހެލުމުގެ ލޮޅުންތައް އިތުރަށް ބާރުގަދަވެގެންދާ ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި