Sunday, 25 October 2026
Ads by

ސްޓޭޓް ފާމާގެ ދަށަށް އެސްޓީއޯގެ ބޭސްފިހާރަތައް ބަދަލުކުރަން 3 ދުވަހަށް ބަންދު

ސްޓޭޓް ފާމާގެ ދަށަށް އެސްޓީއޯގެ ބޭސްފިހާރަތައް ބަދަލުކުރަން 3 ދުވަހަށް ބަންދު

އައިޖީއެމްއެޗްގައި އަލަށް ހުޅުވި ސްޓޭޓް ފާމާގެ ފުރަތަމަ ބޭސްފިހާރަ--- ފޮޓޯ: ޕީއެސްއެމް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގަމުން އަންނަ ބޭސްފިހާރަތައް ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) ގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާތީ ތިން ދުވަހުގެ މުއްދަތަކަށް ބޭސްފިހާރަތައް ބަންދުކުރުމަށް ނިންމައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެސްޓީއޯއިން ބުނެފައިވަނީ، އެ ކުންފުނީގެ ދަށުން ހިންގަމުން އައި ބޭސްފިހާރަތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރަން މި މަހުގެ 24, 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށްގެންދަން ފާމަސީތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް އިމަޖަންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެސްޓީއޯގެ ބޭސްފިހާރަތައް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށް ނިމުމުން ބޭސްފިހާރަތަކުގެ ހިދުމަތްދީ، ބަލި މީހުންނަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމާއިންނެވެ.

މި ބަދަލާއެކު އެސްޓީއޯގެ 193 ފާމަސީއާއި، އައިޖީއެމްއެޗްގައި އަލަށް ހުޅުވި ފާމަސީ ހިމެނޭހެން ޖުމުލަ 194 ފާމަސީއެއްގެ ހިންގުމާ ސްޓޭޓް ފާމާއިން ހަވާލުވުމަށް ވަނީ ނިންމައިފައެވެ. މި ބަދަލާ ގުޅިގެން ފާމަސީތަކަށް ބޭނުންވާ ސަޕްލައިތަކާއި، އިލެކްޓްރޯނިކް ސިސްޓަމްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ސްޓޭޓް ފާމާއަކީ ރާއްޖެއަށް ބޭނުންވާ ބޭސް ލިބުމުގައި ހުންނަ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އުފެއްދި ކުންފުންޏަކުންނެވެ. މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭހުގެ ސްޓޮކް ހުރި މިންވަރު ދުރާލާ އެނގޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި