Saturday, 17 October 2026
Ads by

ޕީސީބީގެ މެންބަރު ކަމަށް ޒައިނާ އައްޔަނުކޮށްފި

ޕީސީބީގެ މެންބަރު ކަމަށް ޒައިނާ އައްޔަނުކޮށްފި

ޕީސީބީގެ މެންބަރު ކަމަށް އައްޔަންކުރި ޒައިނާ ޢަބްދުﷲ---

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރު ކަމަށް، ބޭންކިންގ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ގއ. ދާންދޫ، އަމާޒް، ޒައިނާ ޢަބްދުﷲ އައްޔަނުކުރައްވައިފިއެވެ.

Ad Image
Ads by

ޒައިނާ އަކީ ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޕީސީބީގެ މެންބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގްގެ މަގާމުގައެވެ. އެ މަގާމުގައި އޭނާ ވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިންގ އޮޕަރޭޝަންތަކާއި، ކްރެޑިޓް އިވެލުއޭޝަން އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރެވޭ ފައިނޭންސިންގއާ ގުޅޭ މުހިންމު މަސައްކަތްތައް އިސްކޮށް ބަލަހައްޓަވައިފައެވެ.

މީގެ އިތުރުން ޕީސީބީގެ ސީނިއަރ އޮފިސަރެއްގެ މަގާމު ވެސް ޒައިނާ ވަނީ މީގެ ކުރިން ފުރުއްވައިފައެވެ.

ތަޢުލީމީ ދާއިރާއިން ޒައިނާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލައިލާއިރު، އޭނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓަރ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ހާސިލުކުރައްވައިފައެވެ. މީގެ އިތުރުން އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭ އިން ބެޗްލަރ އޮފް ކޮމާސް ވެސް ހާސިލުކުރައްވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-17T112740
ހައިވޭގައި ފުލުހެއްގެ ގައިގައި ގަސްތުގައި ސައިކަލުން ޖެއްސި މައްސަލަ ސީޕީ ކުށްވެރިކުރައްވައިފި
Ronaldo 565
ރޮނާލްޑޯއަށް ފީފާއިން ވަކި ޚާއްޞަ އިނާޔަތްތަކެއް ދިން ކަމަށް ބުނެ ސައުތުގޭޓް ތުހުމަތުކޮށްފި
download - 2026-10-17T081440
މާލޭގެ 14 ބިމެއް ސަރުކާރަށް ނަގާ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި
download - 2026-10-17T061355
ޔަމަނުގެ ޢަދަން އެއާޕޯޓަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި