Sunday, 26 July 2026
Ads by

އެމްއައިބީގެ ރުފިޔާ ކާޑުތަކަށް ކަނޑައަޅާފައިވާ ލިމިޓު މަހަކަށް 10 ޓްރާންސެކްޝަނަށް ލިމިޓްކޮށްފި

އެމްއައިބީގެ ރުފިޔާ ކާޑުތަކަށް ކަނޑައަޅާފައިވާ ލިމިޓު މަހަކަށް 10 ޓްރާންސެކްޝަނަށް ލިމިޓްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް ހިންގާ އިމާރަތް---

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ކާޑުތަކަށް ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓުގެ ދަށުން އީ-ކޮމާސް ވެބްސައިޓުތަކުން ކުރެވޭ މުއާމަލާތްތައް އެ ބޭންކުން ރޭ ލިމިޓްކޮށްފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން އެ ބޭންކުން ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ، ކޮންމެ ކަސްޓަމަރަކަށް ވެސް މަހެއްގެ މައްޗަށް އީ-ކޮމާސް ވެބްސައިޓްތައް މެދުވެރިކޮށް ދެން ކުރެވޭނީ އެންމެ ގިނަވެގެން 10 މުއާމަލާތް ކަމަށެވެ. މި ބަދަލު ގެނައުމަށް ނިންމި ސަބަބެއް ކަމަށް އެމްއައިބީން ބުނެފައިވަނީ، ރުފިޔާ ކާޑުތަކަށް ދީފައިވާ ޑޮލަރު ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ފުރުސަތެއް ނަމަވެސް ބައެއް ކަސްޓަމަރުން މި ލިމިޓް އެ ނޫން ކަންކަމުގައި ބޭނުންކުރަމުންދާތީ ކަމަށެވެ.

މި ބަދަލާއެކު ވެސް އާންމު ސަބްސްކްރިޕްޝަން ސައިޓުތަކަށާއި، ރާއްޖެއިން ބޭރުގެ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކަށް މި ލިމިޓް ބޭނުންކުރެވޭނެ ކަމަށާއި ހަމައެހެންމެ، ސިއްހީ ހިދުމަތްތަކާއި ފަތުރުވެރިކަމާ ގުޅުންހުރި ހަރަދުތަކަށް ވެސް 250 ޑޮލަރުގެ ލިމިޓްގެ ތެރެއިން މުއާމަލާތް ކުރެވޭނެ ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.

މި ނިންމުމަކީ ޑޮލަރުގެ ލިމިޓް ވީހާވެސް ގިނަ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އެ ބޭންކުން ބުނެއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، އެމްއައިބީގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް 250 ޑޮލަރުގެ ލިމިޓެއް ދޫކުރަނީ، އެ ބޭންކަށް ގަވާއިދުން މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް އެކަންޏެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރު ދަތިކަމާ ގުޅިގެން، ރާއްޖޭގެ އެހެން ބޭންކުތަކުން ވެސް ވަނީ ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތަކަށް ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި