Sunday, 25 October 2026
Ads by

ޢާޝޫރާ ދުވަހުގެ ރޯދަ

ޢާޝޫރާ ދުވަހުގެ ރޯދަ

ކަނޑު ދެފަޅިވާ މަންޒަރު (އޭއައި ބޭނުންކޮށްގެން ހަދާފައި)

ޢާޝޫރާ ދުވަހަކީ ބޮޑުވެގެންވާ ދުވަހެކެވެ. ﷲ (تعالى) އެދުވަހުގައި މޫސާ އާއި އެކަލޭގެފާނުގެ މީސްތަކުން ސަލާމަތް ކުރެއްވިއެވެ. އަަދި ފިރުޢައުނާއި އޭނާގެ މީސްތަކުން ޣަރަޤުކުރެއްވިއެވެ.

Ad Image
Ads by

ޝައިޚް، އަލްމުޙައްދިޘް ޢަބްދު ﷲ އައްސަޢްދު ވިދާޅުވެފައިވެއެވެ: ޢާޝޫރާ ދުވަހުގެ ރޯދަ އަކީ އެންމެ މަތިވެރި ޢަމަލު ތަކުގެ ތެރެއިންވާ އެއްޗެކެވެ. އަދިކިއެއް؟ އެއީ އިސްލާމް ދީނުގެ އެންމެ ފުރަތަމަ ދައުރު ފަރުޟު ވެގެންވީ އެއްޗެކެވެ. ދެން ރަމަޟާން މަހުގެ ފަރުޟު އާއި އެކު އޭގެ ފަރުޟުކަން ކެނޑި އެހެނަސް އޭގެ މުސްތަޙައްބު ކަން ދެމިއޮތެވެ. ފަހެ ޞަޙީޙު މުސްލިމް ގައި ޢަބްދު ﷲ ބުނު މުޢައްބަދުއް ޒަމާނީ ގެ ޙަދީޘް ތަކުން، އަބޫ ޤަތާދާ އަރިހުން ނަބިއްޔާ ﷺ އަރިހުން ރިވާވެގެން ވެއެވެ. އިތުރުކަލޭގެފާނު ﷺ ޢާޝޫރާގެ ރޯދަ އާއިމެދު ޙަދީޘް ކުރެއްވިއޭ:
”أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ“ (އެއީފާއިތުވި އަހަރުގެ ކައްފާރާއެއް ކަމުގައި (އެބަހީ: ކުށްފާފަ ފުއްސެެވުމެއް ކަމުގައި) ﷲ ޙަޟުރަތަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ.)

ޢާޝޫރާ ދުވަހުގެ ރޯދަ | (ގަލަންދާނު)

ޢާޝޫރާ ރޯދައިގެ ހަރުފަތްތައް: އައްޝެއިޚް ސުލައިމާނު ބުނު ނާޞިރަލް ޢަލްވާން

ނަބިއްޔު (ﷺ) ޢާޝޫރާދުވަސް (ރޯދަހިއްޕެވުމަށް) އެކަހެރިކުރެއްވިކަން ޘާބިތެވެ. އަދި މައްކާއިން މަދީނާއަށް ވަޑައިގެންނެވީއްސުރެ ﷲ عز وجل އެކަަލޭގެފާނު މަރުގެންްނެވުމާއި ހަމައަށްވެސް އެކަލޭގެފާނު (އެރޯދަޔަށް) ޢާޝޫރާއު ދުވަސް އެކަނި އެކަހެރިކުރެއްވިއެވެ. އަދި އަވަހާރަވުމުގެ ކުރިން، (ޞަޙީޙް) މުސްލިމް ގައިވާ ރިވާޔަތުގައިވާފަދައިން، ޙަދީޘް ކުރެއްވިއެވެ:
«لَئِنْ بَقِيتُ إِلَى قَابِلٍ لأَصُومَنَّ التَّاسِعَ» (އަންނަންއޮތް އަހަރުގައި ތިމަން ނަބިއްޔާ ދުނިޔޭގައި ދެމިހުރެއްޖެނަމަ، 9 ވަނަ ދުވަހުގައި ރޯދައަށް ހުންނަވާނަމެވެ.)

އެހެނަަސް އަނެއް އަހަރާއި ހަމައަށް އެކަލޭގެފާނު ދުނިޔޭގައި ދެމިނުހުންނަވައެވެ. އަދި ޢަބްދުއް ރައްޒާޤު ”މުޞައްނަފް“ ގައި، ޞައްޙަ ސަނަދަކުން ރިވާކުރެއްވިއެވެ:
«صوموا التاسع والعاشر» (ތިޔަބައިމީހުން ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހުގައި ރޯދަހިފާށެވެ.)

އަދި މިސަނަދު ޞައްޙައެވެ. ޢާޝޫރާގެ ރޯދާގައި އެންމެ މަތީ ހަރުފަތަކީ ނުވައެކާއި ދިހައެކެވެ. އެއާވިދިގެން ވަނީ ދިހަވަނަ ދުވަހު ގިނިކަންޏާ ރޯދަހިފުމެވެ. އަދި މިކަމުގައި ނުރުހުންތެރިކަމެއް ނުވެއެވެ.

ދެންފަހެ ޢާޝޫރާއު ގެ ދަރަޖަތައް ތިނެކޭ ވިދާޅުވެ، އެގާރަވަނަ ދުވަސް އޭގައި ޛިކުރު ކުރައްވާ ބޭކަލުންގެ ބަހާއިމެދު ދަންނައެ، އެކަމުގައި ދަލީލެއް ނެތެވެ. އެހެނީ އަލްމުސްނަދުގައި ވާރިދުވެފައިވާ ރިވާާޔަތް: (صُومُوا يوم عَاشُورَاءَ وَخَالِفُوا فيه الْيَهُودَ وصوموا قَبْلَهُ يَوْماً أو بَعْدَهُ يَوْماً) “ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަ ހިފާށެވެ. އަދި ޔަހޫދީންނާ ޚިލާފުވުމަށް އެދުވަހުގެ ކުރީދުވަހު ނުވަތަ ފަހު ދުވަހު ރޯދަ ހިފާށެވެ.” މިރިވާޔަތް މުންކަރެވެ.⁽¹⁾

އޭގައި ތަފައްރުދު⁽²⁾ ވެފައިވަނީ މުޙައްމަދު ބުނު ޢަބްދުއް ރަޙްމާނު ބުނު އަބޫ ލައިލާއެވެ. އޭނާ އާއި މެދު ޝުޢްބާ ވިދާޅުވިއެވެ: ”އޭނާ އަށްވުރެ ހަނދާނުގައި ގޯސް މީހެއް އަހަރެން ނުދެކެވެ.“ އަދި އެބަލިކަށިކަމާއިމެދު ގާތްގަނޑަކަށް ޙުއްފާޡުން (ޙަދީޘް ޢިލްމުގެ އިމާމުން) އިއްތިފާޤުވެވަޑައިގެންނެވިއެވެ. މިހެންކަމުން ޢާޝޫރާއު ގެ ހަރުފަތްތައް ދޭކެވެ. އެއީ ނުވައެކާއި ދިހައެކެވެ. ނޫނީ ދިހައެއް އެކަންްޏެވެ.

ޢާޝޫރާ ރޯދަ ހޯމަ ފަދަ ހަފްތަވީ ރޯދަ ދުވަހަކާއި ދިމާވާނަމަ ދެރޯދައަށް ނިޔަތް ޖަމަޢަކުރުމާމެދު: ފަތުވާ

ޑރ. ޢަޤީލު ބުނު ސާލިމް އައްޝައްމަރީ ގެ ރިސާލާ، ”ޢާޝޫރާ ދުވަހުގެ ފިޤުހާއި ތަރުބަވީ ކަންތައްތަކުން 80 ކަމެއް“ ގައި ވިދާޅުވިއެވެ:

ތިރީސް ތިންވަނަ މައްސަލަ: ޢާޝޫރާ ދުވަސް ހޯމަދުވަހާއި އެއް ދުވަހެއް ކަމުގައި ވެއްޖެނަމަ، ނޫނީ ބުރާސްފައްޗަކާއި އެއްދުވަހަކަށް ވެއްޖެނަމަ، ފަހެ ހޯމަ ނޫނީ ބުރާސްފައްޗާއި އެކު ޢާޝޫރާ އެއްނިޔަތަކުން ހިފިދާނެ ހެއްޔެވެ؟

(ޖަވާބު) މި މައްސަލަ ގުޅިފައިވަނީ އެހެން މައްސަލަޔަކާއި އެވެ. އެއީ: އެއް އަޅުކަމުގެ ތެރެޔަށް އެހެން އަޅުކަމެއް ވަނުމުގެ މައްސަލައެވެ. އަދި މި(ސުވާލުވެވުނު) ކަންތަކުގައި، ޞައްޙަ ބުނުމަކީ: ޢާޝޫރާގެ ރޯދަޔާއި އެކު ހޯމަދުވަހުގެ ނޫނީ ބުރާސްފަތި ދުވަހުގެ ރޯދައަށް މީހަކު އެއްފަހަރާ ނިޔަތް ގަތުން، ޞައްޙަވެގެންވުމެވެ. އަދި ﷲ ގެ ފަޟުލު ފުޅާވެގެންވެއެވެ. އެއިލާހީ ދީލަތިވަންތަ ފަރާތްތަކުން އެންމެ ދީލަތިވަންތަވޮޑިގެންވާ ފަރާތެވެ. سبحانه وتعالى.

ޢާޝޫރާ ރޯދަ ހުކުރު ދުވަހަކަށް (ނުވަތަ ހޮނިހިރަކަށް) ދިމާވާނަމަ އެދުވަހު އެކަނި ރޯދަ ހިފުން: ފަތުވާ

ލިޔުމުގެ މަސްދަރު: ގަލަންދާނު

[1] މުންކަރު: އެބަހީ ބަލައިނުގަނެ ރައްދުވެވިގެންވާ ރިވާޔަތެކޭ އެވެ. މިއީ ޞައްޙަ ކަމުގައި ވަރުގަދަ އެހެން ރިވާޔަތަކާއި ފުށު އަރާގޮތަށް، އެއަށް ވުރެ ބަލިކަށި ފަރާތަކުން އަންނަ ރިވާޔަތް ތަކުގެ މައްޗަށް ގެނެވޭ ޙުކުމެކެވެ. ނުވަތަ ބަލިކަށި ފަރާތެއް އެއަށް ބާރުދޭ އެހެންފަރާތެއް ނެތި އެކަހެރިކޮށް އެއެއް ރިވާކުރުމުގެ ސަބަބުންނެވެ.

[2] އެބަހީ: ރިވާޔަތް އެގޮތުގައި އައިސްފައިވަނީ ސަނަދުގެ ކުރިތަކުން އޭނާގެ ރާސްތާއިން އެކަންޏޭއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި