Wednesday, 9 September 2026
Ads by

ވީއައިއޭ މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކުރި ފަސިންޖަރުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް

ވީއައިއޭ މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކުރި ފަސިންޖަރުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް--- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ރާއްޖެއަށް ޒިޔާރަތްކުރި ފަސިންޖަރުންގެ އަދަދު މިލިއަނަށްވުރެ މައްޗަށް ގޮސްފިއެވެ.

Ad Image
Ads by

މިއީ، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަސިންޖަރުންގެ %97.3 އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، އަހަރުގެ މިހާތަނަށް 1،028،549 ފަސިންޖަރުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ފަސިންޖަރުން އައިސްފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ.

ވަކިވަކި އެއަރޕޯޓުތަކަށް އައި މީހުންގެ އަދަދަށް ބަލާއިރު:

  • ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް: 1،00،134 ފަސިންޖަރުން
  • ގަން އިންޓަރނޭޝަނަލް އެއަރޕޯޓް: 4،057 ފަސިންޖަރުން
  • މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް: 3،525 ފަސިންޖަރުން
  • ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް: 2،304 ފަސިންޖަރުން
  • ވިލާ އިންޓަރނޭޝަނަލް (މާމިގިނލި) އެއަރޕޯޓް: 1،858 ފަސިންޖަރުން
  • ދާލު އެއަރޕޯޓް: 825 ފަސިންޖަރުން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް 5،980 ފަތުރުވެރިން އާދެއެވެ. އޭގެތެރެއިން އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 160،811 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކަކީ:

  • ރަޝިއާ: 143،161 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 84،545 ފަތުރުވެރިން
  • އިޓަލީވިލާތް: 72،561 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 65،504 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 721،2060 އެވެ. ގެސްޓްހައުސްތަކުގައި 237،168 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 24،816 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 20،922 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި