Sunday, 25 October 2026
Ads by

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރި ކަމަށް ބުނި ނަމަވެސް، ވިޔަފާރި ބޯޓުތަކުގެ ދަތުރުތައް އަލުން ފަށައިފި

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރި ކަމަށް ބުނި ނަމަވެސް، ވިޔަފާރި ބޯޓުތަކުގެ ދަތުރުތައް އަލުން ފަށައިފި

އީރާނުން ބަންދުކުރާނެކަމުގެ އިންޒާރު ދީފައި އޮތް ނަމަވެސް، ހޮރްމުޒްގައި އުޅަނދުތައް ދަތުރުކުރަނީ. [ކްރެޑިޓް: ޕޯލް ސްޓަރ ގްލޯބަލް]

ޕާޝިއަން ގަލްފްގައި އުފެދިފައިވާ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބެން ފަށައިފިއެވެ. ލުބުނާނަށް އިޒްރޭލުން ދޭ ޙަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އީރާނުން ދާދިފަހުން ބުނި ނަމަވެސް، އެ ސަރަޙައްދުން ބޮޑެތި ވިޔަފާރި ބޯޓުތައް މިހާރު ދަނީ ދަތުރުކުރަމުންނެވެ.
ސްވިޒަލޭންޑްގައި ކުރިއަށްދިޔަ އެމެރިކާ އާއި އީރާނުގެ މަޝްވަރާތަކަށްފަހު، ކަނޑުމަތީގެ އޮޅުންބޮޅުންތައް ކުޑަކޮށް، ވިޔަފާރި ބޯޓުތަކަށް ރައްކާތެރިކަން ދިނުމަށް ދެ ޤައުމުގެ ދެމެދުގައި ސީދާ މުވާޞަލާތީ ގުޅުމެއް (ހޮޓްލައިން) ވަނީ ޤާއިމުކޮށްފައެވެ.

Ad Image
Ads by

ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރުން ހާމަކުރާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުތަކުގެ ޢަދަދު ދަނީ މަޑުމަޑުން އިތުރުވަމުންނެވެ. އެގޮތުން ޖޫން 21 ވަނަ ދުވަހު އެމެރިކާގެ އެހީތެރިކަމާއެކު ދެކުނުގެ އޮމާން މަގުން 32 ބޯޓު ވަނީ ދަތުރުކޮށްފައެވެ. ހަމައެއާއެކު، އީރާނުގެ ހުއްދަ ހޯދައިގެން އުތުރުގެ މަގުންވެސް ބޮޑެތި ތެޔޮ ބޯޓުތަކާއި އެލް.އެން.ޖީ ކެރިއަރުތައް ދަނީ ދަތުރުކުރަމުންނެވެ. ނަމަވެސް، މުދާ އުފުލާ މިންވަރު އަދިވެސް ހުރީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ ވަރަށް ބޮޑަށް ދަށްކޮށެވެ. މީގެ އިތުރުން އީރާނުން ދަނީ ލުބުނާނުގެ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް ޝަރުޠުކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި