Wednesday, 9 September 2026
Ads by

އދ. ގެ ރިޕޯޓު: ފަލަސްޠީނުގެ މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ގަސްދުގައި ޙަމަލާދިނުމަކީ އިޒްރޭލުގެ ނަސްލުހޭދުގެ ބޮޑު ބަޔެއް

އދ. ގެ ރިޕޯޓު: ފަލަސްޠީނުގެ މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ގަސްދުގައި ޙަމަލާދިނުމަކީ އިޒްރޭލުގެ ނަސްލުހޭދުގެ ބޮޑު ބަޔެއް

މެދުތެރޭ ޣައްޒާގެ އަލް-ބުރައިޖް ކޭމްޕުގައި ހުރި ކުޑަކުއްޖެއް. [ފޮޓޯ: އިޔާދު ބާބާ / އޭ.އެފް.ޕީ / ގެޓީ]

ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން އދ. އިން އެކުލަވާލި ޚާއްޞަ ތަޙުޤީޤީ ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި، އިޒްރޭލުން ފަލަސްޠީނުގެ ކުޑަކުދިންނަށް ގަސްދުގައި ޙަމަލާދީ މެރުމަކީ ހިނގަމުންދާ ނަސްލުހޭދުގެ (ޖެނޮސައިޑް) މައިގަނޑު އެއް ބައި ކަމަށް ކަނޑައަޅައިފިއެވެ.

Ad Image
Ads by

އަންގާރަ ދުވަހު އާންމުކުރި މި ރިޕޯޓުން ހާމަވާގޮތުގައި، ކުޑަކުދިންނަކީ ހަމައެކަނި ހަނގުރާމައިގެ ތެރޭގައި އެކްސިޑެންޓުން މަރުވާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި، އިޒްރޭލުގެ ސިފައިން ދަނީ ފަލަސްޠީނުގެ މުސްތަޤުބަލާއި ނަސްލު ނައްތާލުމުގެ ބޭނުމުގައި، ރާވައިގެން ކުޑަކުދިންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.

ކުޑަކުދިންނާއި މާބަނޑު މީހުންނަށް އަމާޒުކުރުން

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގައި ޝަހީދުކޮށްލާފައިވާ މީހުންގެ ގާތްގަނޑަކަށް 30 އިންސައްތައަކީ ކުޑަކުދިންނެވެ. މީގެ އިތުރުން، އިޒްރޭލުން ވަނީ މާބަނޑު މީހުންނަށް ފަރުވާދޭ މަރުކަޒުތަކަށާއި، އަލަށް އުފަންވާ ކުދިންނަށް ފަރުވާދޭ ހޮސްޕިޓަލްތަކަށް ގަސްދުގައި ބޮންއަޅާފައެވެ. މީގެ ސަބަބުން ބަނޑަށް ދަރިން މަރުވުމާއި، އައިބު ހުންނަ ކުދިން އުފަންވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި އިންސާނީ އެހީތެރިކަން ވަނުން މަނާކުރުމުގެ ސަބަބުން، ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގައި އެތައް ކުދިންނެއް ދަނީ މަރުވަމުންނެވެ.

ކޮމިޝަންގެ ޗެއަރ ސްރީނިވާސަން މުރަލިދަރް ބުނީ، އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ގަސްދުގައި ކުޑަކުދިންނަށް ޙަމަލާދީ މަރަމުންދާކަމުގެ ސާފު ހެކިތައް ފެންނަން ހުރި ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ގެނައި ”ހަނގުރާމަ ހުއްޓާލުމުގެ“ އެއްބަސްވުމަށްފަހުވެސް، އެވްރެޖްކޮށް ކޮންމެ ދުވަހަކު ފަލަސްޠީނުގެ ކުޑަކުއްޖަކު މަރަމުންދާކަން ޔުނިސެފްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޖަލުތަކުގައި ދޭ އަނިޔާތައް

މި ރިޕޯޓުގައި ހަމައެކަނި ޣައްޒާގެ ވާހަކައެއް ނޫނެވެ. ވެސްޓު ބޭންކުގައި ކުޑަކުދިންގެ ޔަތީމުޚާނާތަކާއި ސްކޫލްތައް އިޒްރޭލުން ސުންނާފަތި ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ފަލަސްޠީނުގެ ކުޑަކުދިންނަށް، ޖިންސީ ގޯނާ ހިމެނޭހެން، ވަރަށް އަނިޔާވެރިކޮށް ލާއިންސާނީ އަނިޔާދެމުންދާކަމަށް އދ. ގެ ރިޕޯޓުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ ތެރެއިން ގިނަ ކުދިން ޖަލުގައި ބަންދުކޮށްފައި ތިބެނީ އެއްވެސް ކުށެއްގެ ތުހުމަތެއް، އަދި ޝަރީޢަތެއްވެސް ނެތިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު