Sunday, 26 July 2026
Ads by

ކެންސަރު ހޮސްޕިޓަލްގައި މުހިންމު ހިދުމަތްތަކެއް 2028 ގެ ކުރިން ފަށާނެ: ޤީލާ

ކެންސަރު ހޮސްޕިޓަލްގައި މުހިންމު ހިދުމަތްތަކެއް 2028 ގެ ކުރިން ފަށާނެ: ޤީލާ

ހެލްތް މިިނިސްޓަރު ޤީލާ ޢަލީ--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައވާ ކެންސަރު ހޮސްޕިޓަލް 2028 ވަނަ އަހަރުގެ ކުރިން ހުޅުވައި ހިދުމަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ޤީލާ ވިދާޅުވީ، މި ހޮސްޕިޓަލަކީ 500 އެނދުގެ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލެއް ކަމަށާއި، އޭގެ ތެރެއިން 25 އެނދު ހާއްސަކުރެވިފައި ހުންނާނީ ހަމައެކަނި ކެންސަރު ބަލި ތަހައްމަލްކުރަމުންދާ ފަރާތްތަކަށް ފަރުވާދިނުމަށް އެކަނި ކަމަށެވެ.

މީގެ އިތުރުން މައިންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅޭ ހާއްސަ ފަރުވާތައް ވެސް މި ހޮސްޕިޓަލުން ލިބޭނެ ކަމަށް މިނިސްޓަރު ޤީލާ ވަނީ ވިދާޅުވެފައެވެ.

”މި މަޝްރޫޢުގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްދާއިރު، އަޅުގަނޑުމެންގެ އަމާޒަކީ 2028ގެ ކުރިން ކީމޯތެރަޕީ، ރޭޑިއޯތެރަޕީ އަދި ޕެޓް ސްކޭން ފަދަ މުހިންމު ހިދުމަތްތައް މި ހޮސްޕިޓަލުގައި ފެށުން،“ – މިނިސްޓަރު ޤީލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކެންސަރު ބަލި ތަހައްމަލްކުރަމުންދާ ފަރާތްތަކާ ގުޅޭ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، 2025 ވަނަ އަހަރު އެކަނި ވެސް 120 މީހަކު އަލަށް މި ބައްޔަށް ރަޖިސްޓްރީވެފައިވާ ކަމަށެވެ. އެއީ 67 އަންހެނުންނާއި 53 ފިރިހެނުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ، އާސަންދަ ސްކީމް މެދުވެރިކޮށް މިހާތަނަށް 5،755 މީހަކު ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން 374 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި