Wednesday, 9 September 2026
Ads by

”އެމެރިކާ ވަނީ ގޮތް ހުސްވެ މާޔޫސްވެފައި“ ޓްރަމްޕުގެ އިންޒާރުތަކަށް އީރާނުގެ ޗީފް ނެގޯޝިއޭޓަރު ޤާލީބާފް ރައްދުދީފި

”އެމެރިކާ ވަނީ ގޮތް ހުސްވެ މާޔޫސްވެފައި“ ޓްރަމްޕުގެ އިންޒާރުތަކަށް އީރާނުގެ ޗީފް ނެގޯޝިއޭޓަރު ޤާލީބާފް ރައްދުދީފި

(ވާއަތް ފަރާތުން) އީރާނުގެ ޗީފް ނެގޯޝިއޭޓަރު އަދި ޕާލަމެންޓް ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އަދި (ކަނާއަތް ފަރާތުން) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު

ސްވިޒަލޭންޑްގެ ބާގެންސްޓޮކް ރިސޯޓުގައި ކުރިއަށްދާ ސަމިޓްގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން ހަރުކަށި އަސްކަރީ އަދި އިޤްތިޞާދީ އިންޒާރުތަކަށް އީރާނުގެ ޗީފް ނެގޯޝިއޭޓަރު އަދި ޕާލަމެންޓް ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ފާޅުގައި ރައްދުދީ، އެމެރިކާއަށް ގޮންޖަހައިފިއެވެ.
މަޝްވަރާގެ މޭޒަށް އެނބުރި އައުމަށްފަހު ދިން ބަޔާނެއްގައި ޤާލީބާފް ބުނީ، އެމެރިކާގެ އިންޒާރުތަކަކީ އެ ޤައުމު ”ގޮތް ހުސްވެ މާޔޫސްވެފައިވާ“ ހާމަވާ ކަމެއް ކަމަށާއި، އީރާނުން އެފަދަ ބިރުދެއްކުންތަކަށް އެއްވެސް ބެލުމެއް ނުބަހައްޓާނެ ކަމަށެވެ.

Ad Image
Ads by

”އެމެރިކާގެ އިންޒާރުތަކަށް ބޯނުލަނބާނަން“

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި އީރާނަށް އަލުން ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅިން އެމެރިކާއަށް ޓެކްސް ނަގާނެ ކަމަށް ބުނެ ދިން އިންޒާރުތަކަށް ރައްދުދެމުން ޤާލީބާފް ބުނީ: ”އެމީހުން އަމިއްލައަށް ނުވިސްނަނީތޯ؟ އެމީހުންގެ އިންޒާރުތަކުން އެއްވެސް ނަތީޖާއެއް ނުކުންނަަނަމަ، މިއަދު އެމީހުން އެތިބި ގޮތް ހުސްވެ މާޔޫސްކަމުގެ ދަރަޖައަށް ކަންކަން ދިޔައީސްތޯ؟ އަހަރެމެން އެމެރިކާގެ އިންޒާރުތަކަކަށް ކުޑަކޮށްވެސް ބަލައެއް ނުލަން.“

އޭނާ ވަނީ އެމެރިކާގެ ވެރިން ބަސްމަގު ގެންގުޅޭއިރު ވިސްނުންތެރިވުމަށް އިންޒާރުދީ، ހުޅަނގުގެ ކޮންމެ އަނިޔާވެރިކަމަކަށް ނުވަތަ ބޯޑަރު ހުރަސްކުރުމަކަށް ވަގުތުން ރައްދުދޭން އީރާނުގެ އަސްކަރީ ބާރުތައް އޮތީ ސައްތައިން ސައްތަ ތައްޔާރަށް ކަމަށް ބުނެފައެވެ.

އީރާނުން ބުނާގޮތުގައި، އެމެރިކާއާއެކު ވެފައިވާ ”އިސްލާމްއާބާދު މެމޮރެންޑަމް“ ގެ ފުރަތަމަ މާއްދާގައި ލުބުނާނު ހިމެނޭގޮތަށް ހުރިހާ ފްރަންޓެއްގައި ޙަމަލާތައް ހުއްޓާލަން އޮތްއިރު، އިޒްރޭލުން ދޭ ޙަމަލާތައް ހުއްޓުވަން އެމެރިކާ ވަނީ ނުކުޅެދިފައެވެ. އެހެންކަމުން، ބޭރުން ފެންނަ ސިޔާސީ ހޫނު ބަސްތަކާއެކުވެސް، އީރާނުން ދަނީ އެމީހުންގެ އަސްކަރީ އަދި ޕްރޮކްސީ ބާރުތައް ދަމަހައްޓައިގެން، އަމިއްލަ ޝަރުޠުތަކުގެ މަތީގައި އެމެރިކާއާއެކު ސިއްރު މަޝްވަރާތައް ކުރިއަށްގެންދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި