Wednesday, 9 September 2026
Ads by

މޭރީ މަރާލިކަމުގެ ކުށް މާވިންއާއި ލަމްހާގެ މައްޗަށް ސާބިތުވެއްޖެ

މޭރީ މަރާލިކަމުގެ ކުށް މާވިންއާއި ލަމްހާގެ މައްޗަށް ސާބިތުވެއްޖެ

މާވިންއާއި ލަމްހާ---

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް ޕިނެޑާ މަރާލި މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި ހަލީމަތު ލަމްހާ ޢަބްދުއްރަޙުމާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

Ad Image
Ads by

މި މައްސަލައަކީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު މޭރީ ގްރޭސް އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން ހިންގުނު ޝަރީއަތެކެވެ. މި ހާދިސާއަކީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއް ކަމަށް ބުނެ މާވިން އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، އެ މަރުގައި ޝައްކު އުފެދޭ ފަދަ ކަންތައްތަކެއް ހުރުމުން ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ފެށިއެވެ.

ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި މޭރީ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނާއި ބޮލަށް ދީފައިވާ އަނިޔާތަކުގެ ސަބަބުންނެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކިތަކުންނާއި، މެޑިކަލް ރިޕޯޓުތަކުން މޭރީ މަރާލުމުގައި މާވިން އާއި ލަމްހާ ބައިވެރިވެފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. މާވިންގެ މައްޗަށް ސާބިތުވެފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ލަމްހާގެ މައްޗަށް ސާބިތުވެފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި މީހުން މޭރީ މަރާލަން ރޭވީ މާވިން އާއި ލަމްހާގެ މެދުގައި އޮތް ލޯބީގެ ގުޅުމަށް ހުރަސްއެޅޭތީއެވެ. މޭރީ މަރާލުމަށް ބޭނުންކުރި ބައެއް އާލާތްތަކާއި ބޭސްތައް ލަމްހާ ދިރިއުޅޭ ކޮޓަރިން ވެސް ވަނީ ފެނިފައެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަމިއްލަ ނަފްސަށް ގެއްލުންދީ، ކުޑަދޮރުގައި ބެޑްޝީޓު އަޅުވައިގެން މޭރީ ދަންޖެހުނު ކަމަށް މާވިން ބުނި ނަމަވެސް، އޭނާ ދަންޖެހިގެން މަރުވި ކަމަށް ބެލެވޭ އެއްވެސް ނިޝާނެއް މޭރީގެ ހަށިގަނޑުގައި ނެތް ކަމަށް ހަށިގަނޑު ބެލި ނަރުހުންނާއި ޑޮކްޓަރުން ވެސް ވަނީ ހެކިބަސް ދީފައެވެ. މީގެ އިތުރުން ސީނަށް ދިޔަ ޕެރަމެޑިކުން ވެސް ހެކިބަސް ދެމުން ބުނެފައިވަނީ، މޭރީގެ ހަށިގަނޑު ހުރީ އާދަޔާ ހިލާފަށް ފިނިވެފައި ކަމަށާއި، ދަންޖެހިފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގައި ނެތް ކަމަށެވެ.

މޭރީ ހުރީ ދަންޖެހޭ މީހުންނާ ހިލާފަށް ނޫވެފައި ކަމަށް ޑޮކްޓަރުން ހެކިބަސްދީފައިވާއިރު އާންމު ގޮތެއްގައި ނޫވެފައި ހުންނަނީ ނޭވާހާސްވުމުން މަރުވާ މީހުންކަން ހެކިބަހުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ތުންފަތުގައި އެބްރޭޝަންތަކެއް އަދި ލޮލުގައި ގަނޑު ލޭ ހުރި ކަމާއި އެއީ އަނގަމަތީ އެއްޗެއް އަޅައި ފިތުމުން ވާނެ ގޮތެއް ކަމަށް ފޮރެންސިކް ޑޮކްޓަރު ހެކިބަސް ދީފައިވާކަން ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ ޕޯސްޓްމޯޓަމް ހެދިއިރު ކަރު ކަފައިގެން ބެލި ބެލުމުން ކަރުގެ ކަށިކޮޅެއް ބިނދިފައި ހުރުމުން އޭނާގެ ކަރަށް ފިތާފައި ހުރިކަން އެނގޭ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މާވިންގެ ފޯނުން ވެސް ވަނީ ޝައްކު އުފެދޭ އެތަކެއް ކަމެއް ވަނީ ފެނިފައެވެ. އެގޮތުން ޗޯކް ހޯލްޑް ޕޮޒިޝަންގައި މީހަކު ބަހައްޓާނެ ގޮތުގެ ފޮޓޯތައް އެ ދުވަހު މާވިން އޭނާގެ ފޯނުން ބަލާފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށާއި އޭނާ އެ ފޮޓޯތައް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، މިއީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ އަނިޔާވެރި އެއް މަރުގެ މައްސަލައެވެ. މި މައްސަލާގައި ދެން އޮންނާނީ އަދަބު ކަނޑައެޅުމުގެ މަޖިލީހެވެ. މި މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތާއި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން، ގަސްދުގައި މީހަކު މެރުމުގެ އަދަބަކީ މަރުގެ އަދަބު ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި