Saturday, 24 October 2026
Ads by

ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ކެލާ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުން - ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ

ހއ. ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ކެލާ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

Ad Image
Ads by

މި އެމްއޯޔޫގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އިބްރާހިމް ފައިސަލް ސޮއިކުރައްވާފައި ވަނީ އެ ރަށަށް ކުރެއްވި ދަތުރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ކެލާ ކައުންސިލާ އެކު ސޮއިކުރެވުނު މި އެއްބަސްވުމާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ މިއީ ޓޫރިޒަމް މިނިސްޓްރީ އާއި އެ ރަށު ކައުންސިލާ ގުޅިގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އަމާޒަކީ މި ދައުރުގެ ތެރޭގައި ކެލާ ފަޅުތެރެއިން ބިން ހިއްކައި ރިސޯޓެއް ތަރައްގީކޮށް، ފަތުރުވެރިކަމަށް ހުޅުވާލުންކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވެފައި ވަނީ ޓޫރިޒަމް މިނިސްޓްރީން ބާއްވާ އިންވެސްޓްމަންޓް ފޯރަމްތަކުގައި މި މަޝްރޫއަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ކެލާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށު ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެ މަޝްރޫއާ އެކު ކެލާގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްރަށުގެ ޒުވާނުންނަށް ވެސް ރަށާ ކައިރީގައި ވަޒީފާ އަދާކޮށް، އާމްދަނީ ހޯދޭނެ މަގުފަހިވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި