Sunday, 25 October 2026
Ads by

ދޮގު ވާހަކަތައް ނުފަތުރާ، ޕީއެންސީ އޮތީ ރައީސް މުޢިއްޒާއެކު ގަދަކޮށް: ޝިޔާމް

ދޮގު ވާހަކަތައް ނުފަތުރާ، ޕީއެންސީ އޮތީ ރައީސް މުޢިއްޒާއެކު ގަދަކޮށް: ޝިޔާމް

ޕީއެންސީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު ޝިޔާމް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕް ބައިބައިވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮތް ތާއީދު ކުޑަވަމުންދާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝިޔާމް މިހެން ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަޙްމަދު މުޞްޠަފާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކުރެއްވި ތުހުމަތުތަކަކަށް ރައްދުދެއްވަމުންނެވެ.

މުޞްޠަފާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު ނޫން އެހެން ކެންޑިޑޭޓަކު ނެރުމަށް ޕީއެންސީގެ ތެރޭގައި މަޝްވަރާތައް ފެށިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ރައީސް މުޢިއްޒު ޕީޕީއެމްގެ ލީޑަރުންނަށް ގުޅުއްވައި، މެސެޖު ކުރައްވައި ބިރުދައްކަވަމުން ގެންދަވާ ކަމަށާއި، އެމަނިކުފާނާ ދެކޮޅަށް ރޭވުންތައް ރާވާކަމުގެ ތުހުމަތު ކުރައްވާ ކަމަށްވެސް މުޞްޠަފާ ބުންޏެވެ.

މީގެ އިތުރުން، ސަރުކާރުގެ ވަރުގަދަ ޝަޚްޞިއްޔަތުން ކަމަށްވާ ޣައްސާން މައުމޫނާއި، މޫސާ ޒަމީރު އަދި އާދަމް ޝަރީފް އުމަރު އެކަހެރި ކުރަމުންދާ ކަމަށާއި، ދެން އޮތީ ޝިޔާމާއި އަބްދުއްރަހީމް އެކަހެރި ކުރުން ކަމަށްވެސް އޭނާ ތުހުމަތު ކުރިއެވެ. މުޞްޠަފާ ބުނި ގޮތުގައި ޕީއެންސީގެ ކޮންގްރެސް އަވަސްކޮށްގެން އުޅެނީ ޕީޕީއެމްގެ ނުފޫޒުގަދަ ބޭފުޅުން ބާކީކޮށްލުމަށެވެ.

މި ތުހުމަތުތަކަށް ވަރުގަދަ ރައްދެއް ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ދޮގު ޚަބަރުތަކެއް ހިމެނޭ ޓުވީޓަކުން ސަރުކާރާއި ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށެވެ.

”ޕީއެންސީގެ ލީޑަރޝިޕް އޮތީ ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ބަދަހިކޮށް. އަސާސެއް ނެތް ދޮގު ވާހަކަތައް ފަތުރައިގެން ސަރުކާރުގެ ކުރިއެރުމަކަށް ހުރަހެއް ނޭޅޭނެ. އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެން،“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މުޞްޠަފާ ފަދަ ބޭފުޅުން މިއަށްވުރެ ޒިންމާދާރު ރައްޔިތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޝިޔާމް ވިދާޅުވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ވެރިކަމުގެ ބާރުތައް ކޮންސޮލިޑޭޓް ކުރުމަށްޓަކައި ޕީޕީއެމްގެ ދައުރު ކުޑަކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހިމެނޭ ގޮތަށް މުޅި ލީޑަރޝިޕް އޮތީ ރައީސް މުޢިއްޒާއެކު ސާބިތުކަމާއެކުގައި ކަމަށް ޕީއެންސީން ބުނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި