Wednesday, 9 September 2026
Ads by

ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީން އިއުލާންކޮށްފި

ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީން އިއުލާންކޮށްފި

ސިވިލް ކޯޓު---

ސިވިލް ކޯޓަށް ތިން ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.

Ad Image
Ads by

ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަކަށް ވާންޖެހެއެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ މި ދެ ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، ގާނޫނީ ވަކީލުކަން ނުވަތަ ފަނޑިޔާރުކަމުގެ މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައި ހުންނަންޖެހެއެވެ.

އަދިހަމައެހެންމެ، މި މަގާމަށް ކުރިމަތިލާ ފަރާތަކީ ސުންނީ ޖަމާއަތުގެ މުސްލިމަކު ކަމުގައިވުމާއި، ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވާންޖެހޭނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމުގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ވެސް ހިމެނެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ ބަދުއަހުލާގީ އަމަލެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރި ކަމަށް ހުކުމްކުރެވި، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ފުރިފައިވާ ފަރާތަކަށްވުމުގެ އިތުރުން، ސާބިތު ދަރަންޏެއް އޮތް ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެއެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 37،700 ރުފިޔާ ކަނޑައަޅާފައިވާއިރު، ލިވިންގ އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ އަދި ރިސްކު އެލަވެންސްގެ ގޮތުގައި 3,300 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވެންސް ވެސް ވަނީ ކަނޑައަޅައިފައެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖޭއެސްސީއަށް އީމެއިލް މެދުވެރިކޮށް ބޭނުންވާ މުހިއްމު ލިޔެކިޔުންތައް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި