Sunday, 26 July 2026
Ads by

ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފެށުން--- ފޮޓޯ: އިމިގްރޭޝަން

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މީގެ ކުރިން މަރުކަޒީކޮށް ދެމުން ދިޔަ މުހިއްމު ހިދުމަތްތަކެއް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބ. ދަރަވަންދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ދޭން ފަށައިފިއެވެ.

Ad Image
Ads by

އިމިގްރޭޝަނުން ދޭ ޕާސްޕޯޓުގެ ހިދުމަތް އަތޮޅުތެރޭގެ ރަށްރަށަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ކޮންމެ އަތޮޅަކުން ވެސް މަދުވެގެން އެއްރަށުގައި މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް ”އިމުގާ“ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު ”ކަލެކްޝަން ޕޮއިންޓް“ ގެ ގޮތުގައި އޭދަފުއްޓާއި ދަރަވަންދޫ ހިޔާރުކުރެެވޭނެ ކަމަށެވެ.

ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދެވެ. މި ހަފްލާގައި ބ. ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީޙާއި ކައުންސިލްގެ މެންބަރުންގެ އިތުރުން ރަށުގެ ރައްޔިތުންނާއި އިމިގްރޭޝަނުގެ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

ޕާސްޕޯޓު ހެއްދުމަށް އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުން އަންނަނީ، ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރު ކުރަމުންނެވެ. މި ހިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު މާލީގޮތުން ރައްޔިތުން އުފުލަމުން ދިޔަ ބޮޑު ބުރައަކަށް ނިމުމެއް އަންނާނެ ކަމަށް އިމިގްރޭޝަނުން ދެކެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި