Saturday, 24 October 2026
Ads by

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6،000 އަށް ވުރެ ވޭޕް ކާޓްރިޖު އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6،000 އަށް ވުރެ ވޭޕް ކާޓްރިޖު އަތުލައިގެންފި

މާލޭ ކޮމާޝަލް ހާބަރުގައި ކަސްޓަމްސްއިން ޚާއްސަ އޮޕަރޭޝަނެއް ހިންގައި، ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް އަތުލައިގެންފިއެވެ.

Ad Image
Ads by

ކަސްޓަމްސްއިން ބުނީ އެތަކެތި ހޯދީ މި މަހުގެ 20 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި މި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

މި އޮޕަރޭޝަންގައި ”ޖެނެރަލް ކާގޯ“ ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ފާސްކޮށް އޭގެ ތެރޭގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ހޯދައިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލައިގައި ޖުމްލަ 6،328 ވޭޕް ކާޓްރިޖް ވަނީ ހޯދާފައެވެ. މި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ބޯޑަރު ކޮންޓްރޯލް ވަރުގަދަކޮށް، މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި