Sunday, 26 July 2026
Ads by

މަހެއްގެ މައްޗަށް 63 ޓަނުގެ މޫދުވިނަ ރާއްޖެއިން އެކްސްޕޯޓް ކުރޭ

މަހެއްގެ މައްޗަށް 63 ޓަނުގެ މޫދުވިނަ ރާއްޖެއިން އެކްސްޕޯޓް ކުރޭ

ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް ފްލޯޓިންގ އޭކަރސްއިން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން----

ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްގީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މޫދުވިނަ އާލާކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު މިހާރު އަންނަނީ ކުރަމުންނެވެ.

Ad Image
Ads by

މިކަމާ ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ރާއްޖޭގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ކުންފުންޏަކުން ތަޖުރިބާކޮށްފައިވާ ކަމަށާއި އެ މަސައްކަތުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށެވެ. މި މަސައްކަތް ޓެސްޓްކުރުމުގެ ގޮތުން ފެށީ އެންމެ 100 އެއްހައި ކިލޯގެ މޫދުވިނަ ކަލްޗަރކުރަން ފަށައިގެންނެވެ. ނަމަވެސް ބ. ފެހެންދޫގައި ކުރަމުން އަންނަ މި މަސައްކަތުގެ ދަށުން މަހެއްގެ މައްޗަށް 63 ޓަނުގެ މޫދުވިނަ ހާވެސްޓްކޮށް އެކްސްޕޯޓްކުރެއެވެ.

”63 ޓަނުގެ ޑްރައިޑް ސީވީޑަކީ އެއީ ގާތްގަނޑަކަށް ބަލާނަމަ ފަސް ކޮންޓެއިނަރުގެ ސީވީޑް އެކްސްޕޯޓްކުރެވިގެން އެދަނީ މަހެއްގެ މައްޗަށް. އެހެންވީމަ މިއީ ހަމަ ރަނގަޅު އިންވެސްޓްމަންޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ.“ – މުއްޠަލިބު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މި މަސައްކަތް އިތުރަށް ފުޅާކޮށް މުޅި ރާއްޖެއަށް ފެތުރުމެވެ. އެގޮތުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްގީކުރަން ސަރުކާރުން ވަނީ ހާއްސަ ފަސް ސަރަޙައްދެއް ކަނޑައަޅައިފައެވެ. އެއީ، ބޮޑު ތިލަދުންމަތި، ރ. އަތޮޅު، މ. އަތޮޅު، ތ. އަތޮޅުގެ އިތުރުން މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްގައެވެ.

ސްޓޭޓް މިނިސްޓަރު މުއްޠަލިބް ފާހަގަކުރެއްވި ގޮތުގައި، ގއ. އަތޮޅުގައި ދިވެހި އިންވެސްޓަރުން އިސްނަގައިގެން ސީވީޑް އާލާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މީގެ އިތުރުން، މި ދާއިރާއަށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ގިނަ ފަރާތްތަކަކުން ސަރުކާރަށް ޕްރޮޕޯސަލްތައް ހުށަހަޅަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި މި ސިނާއަތް އިތުރަށް ފުޅާވެ، ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ، ނުވަތަ އެއަށްވުރެ ބޮޑު އާމްދަނީއެއް ގައުމަށް ލިއްބައިދޭ މުހިންމު ސިނާއަތަކަށް މިކަން ބަދަލުވެގެންދިއުމެވެ.

މި ސިނާއަތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ”މެރިކަލްޗަރ ސްކީމް“ ގެ ނަމުގައި ސަރުކާރުން ވަނީ ހާއްސަ އެހީގެ ޕްރޮގްރާމެއް ތައާރަފްކޮށްފައެވެ. މި ސްކީމްގެ ދަށުން، ވިޔަފާރި ފެށުމަށް ބޭނުންވާ މޫދުކޮށި ފަދަ ވަސީލަތްތައް ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއީ މިހާރު މި މަސައްކަތުގައި އުޅޭ ފަރާތްތަކަށް ވިޔަފާރި ފުޅާކުރުމަށާއި، އަލަށް މި ދާއިރާއަށް ނުކުންނަން ބޭނުންވާ ދިވެހި އިންވެސްޓަރުންނަށް ފަހިވެގެންދާނެ ރަނގަޅު ފުރުސަތަކަށް ވާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި