Saturday, 24 October 2026
Ads by

ރައީސް ހިޔާ ސަރަހައްދަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް ހިޔާ ސަރަހައްދަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ

ހިޔާ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަރާތްތަކާ ރައީސް ބައްދަލުކުރައްވަނީ - ފޮޓޯ:ޕީޕީއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

Ad Image
Ads by

މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ސަރަހައްދުގައެވެ. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ މިރޭ 9:45 ގައި ބާއްވާ މި ބައްދަލުކުރެއްވުމުގައި ބައިވެރިވާން ހުރިހާ ރައްޔިތުންނަށް ދައުވަތުދޭ ކަމަށް ބުނެފައެވެ. މި ބައްދަލުވުމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ރައީސް ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި، އިދިކޮޅު ފަރާތްތަކުން ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށް ދައްކަމުން އަންނަ ވާހަކަތަކުގެ ތަފްސީލު މިރޭ ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައި ވަނީ ރަސްމާލެ މަޝްރޫއާ ގުޅިގެން ދައްކަމުންގެންދާ ވާހަކަތަކެވެ.

ރައީސް ވަނީ ރައްޔިތުން އެދޭ ތަރައްގީ ގެނައުމަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.

ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާއިރު، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެ ޕާޓީން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ޕާޓީގެ ރައީސް އަދި ރައީސް މުޢިއްޒު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ކެމްޕެއިން ޖަގަހަތައް ހުޅުވުމާއި ޑޯޓުޑޯ ހަރަކާތްތަކުގައި އެމަނިކުފާނު އަންނަނީ ބައިވެރިވަޑައިގަންނަވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި