އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރަކާތްތައް ވަރުގަދަކޮށް، ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި އެ ޕާޓީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ޕާޓީގެ ދާއިމީ ކޮމިޓީތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ މެންބަރުންނަށް މިއަދުން ފެށިގެން 23 ޖޫން 2026 ގެ ނިޔަލަށް އެ ފުރުޞަތު އޮންނާނެ ކަމަށެވެ. މިއީ ޕާޓީގެ އެކި ދާއިރާތަކުގެ ސިޔާސަތުތައް އެކުލަވާލުމާއި، ރައްޔިތުންނާ ގުޅުންހުރި މުހިންމު މަސައްކަތްތަކުގައި މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
އެމްޑީޕީން މެންބަރުންނަށް ފުރުޞަތު ހުޅުވާލާފައިވަނީ ޖުމްލަ 21 ކޮމިޓީއަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
އިންތިހާބާބެހޭ ކޮމިޓީ
ކެމްޕޭން ކޮމިޓީ
ޗަންދާ ކޮމިޓީ
އިންތިޒާމް ކުރުމާބެހޭ ކޮމިޓީ
މީޑިއާ ކޮމިޓީ
ޤާނޫނީ ކޮމިޓީ
ލާމަރުކަޒީ ކޮމިޓީ
ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ކޮމިޓީ
މެކްރޮއިކޮނޮމިކް ކޮމިޓީ
އެސް.އެމް.އީ ކޮމިޓީ
މަސްވެރިކަމާ ދަނޑުވެރިކަމާބެހޭ ކޮމިޓީ
ޓޫރިޒަމް އާއި ޓްރާންސްޕޯރޓް ކޮމިޓީ
އެންވަޔަރަމްންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
ގެދޮރާބެހޭ ކޮމިޓީ
ސިއްހަތާ އިޖްތިމާއީ ކޮމިޓީ
ތައުލީމާބެހޭ ކޮމިޓީ
ޔޫތު އެންޑް ރިސޯސަސް ކޮމިޓީ
އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
ފިޔަވަޅުއަޅާ ކޮމިޓީ
ލޭބަރ ރިލޭޝަންސް ކޮމިޓީ
ޕްރިވެންޝަން، ރިހެބިލިޓޭޝަން އެންޑް ރިއިންޓެގްރޭޝަން ރިސާޗް ކޮމިޓީ
މި ކޮމިޓީތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުން، ޕާޓީން އާންމުކޮށްފައިވާ ޚާއްޞަ ގޫގުލް ފޯމް) މެދުވެރިކޮށް ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ.












