Sunday, 26 July 2026
Ads by

މަސް ރައްކާކުރާ މިންވަރު އިތުރު ކުރުމުގެ މަޝްރޫއު 2027 ގެ ކުރިން ނިމޭނެ: ފިޝަރީޒް މިނިސްޓްރީ

މަސް ރައްކާކުރާ މިންވަރު އިތުރު ކުރުމުގެ މަޝްރޫއު 2027 ގެ ކުރިން ނިމޭނެ: ފިޝަރީޒް މިނިސްޓްރީ

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތްތައް 2027 ވަނަ އަހަރުގެ ކުރިން ނިމޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

Ad Image
Ads by

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ، މަސްވެރިންނަށް މިހާރު އެކަށީގެންވާ ރަނގަޅު އަގެއް ލިބުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސް ރައްކާކުރުމުގެ ގާބިލުކަން ނެތުން ކަމަށެވެ. މީގެ ސަބަބުން ބާޒާރުގައި މަސް ގަންނަ އަގަކަށް މަސް ވިއްކަން މަޖުބޫރުވާ ކަމަށާއި، ނަމަވެސް އާ ފެސިލިޓީތަކާއެކު ބާޒާރުގައި އަގު އުފުލެންދެން މަސް ރައްކާކޮށްފައި ބެހެއްޓުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”މިހާރު މި ލިބޭ މަސްކޮޅު، އެންމެ އަވަހަށް ގަންނަ ބަޔަކަށް ވިއްކާލަން މަޖުބޫރުވޭ. އެއީ މޫސުމީ މަސްވެރިކަމުގައި އެ ރައްކާކުރެވޭނެ ޖާގައެއް ނެތުން. ނަމަވެސް މި ފެސިލިޓީތަކާއެކު ވާދަވެރިކޮށް، އެންމެ ބޮޑު އަގެއް ދޭ ބަޔަކަށް ވިއްކޭނެ ފުރުޞަތު ލިބޭނެ. މީގެސަބަބުން މަހުގެ އަގަށް ރަނގަޅު ބަދަލެއް އައިސް މަސްވެރިންނަށް ރަނގަޅު އަގެއް ދޭން މަގުފަހިވާނެ،“ ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި މަސް ގަނޑުކޮށް ރައްކާކުރެވެނީ 9،500 ޓަނަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މި އަދަދު 25،000 ޓަނަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލް ދެއްވަމުން މުއްތަލިބު ވިދާޅުވީ:

ތިނަދޫ ސިޓީ: 1,000 ޓަނުގެ ފެސިލިޓީ – މި އަހަރުގެ ފަހު ކުއާޓަރަށް ނިމޭނެ.
މ. މުލަކު: ކޯލްޑް ސްޓޮރޭޖް – އަންނަ ޑިސެންބަރު 10 އަށް ނިމޭނެ.
ކޫއްޑޫ އާއި ފެލިވަރު: ކޮންމެ ރަށެއްގައި 4,000 ޓަނުގެ ފެސިލިޓީ.
ގދ. ފިޔޯރީ: 3,000 ޓަނުގެ ކޯލްޑް ސްޓޮރޭޖް.
ފ. ނިލަންދޫ: 1,500 ޓަނުގެ ކޯލްޑް ސްޓޮރޭޖް.
ފުނައްޑޫ: 1,300 ޓަނުގެ މަސް ރައްކާކުރެވޭނެ މަރުކަޒެއް.

ސްޓޭޓް މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުވުމަކީ މަސްވެރިކަމުގެ ސިނާއަތަށް މިހާތަނަށް ގެނެވޭނެ އެންމެ ބޮޑު ހެޔޮ ބަދަލެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ މަހަށް އިތުރު އަގު ހޯދައިދިނުމަށްޓަކައި، ދުވާލެއްގެ މައްޗަށް ދަޅުގައި ބަންދުކުރެވޭ މަހުގެ އަދަދު އިތުރުކުރުމުގެ މުހިއްމު މަޝްރޫއުތަކެއްވެސް ހިންގަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި