Wednesday, 9 September 2026
Ads by

މާފަރުގައި 50 ކޮޓަރީގެ އެއަރޕޯޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަނީ

މާފަރުގައި 50 ކޮޓަރީގެ އެއަރޕޯޓު ހޮޓަލެއް އަޅާނެ ބަޔަކު ހޯދަނީ

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު: 50 ކޮޓަރީގެ އެއަރޕޯޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ވަނީ ހުޅުވާލާފައި - ފޮޓޯ:ވިޒިޓް މާފަރު

ނ. މާފަރުގައި 50 ކޮޓަރީގެ އެއަރޕޯޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ.

Ad Image
Ads by

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް) އިން ހޮނިހިރު ދުވަހު ކުރި އިއުލާނުގައި ބުނީ މާފަރުގައި އެއަރޕޯޓު ހޮޓަލެއް ތަރައްގީކޮށް ހިންގުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ކަމަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް އައިިއޭއެސްއިން ބުނެއެވެ. އައިިއޭއެސްއިން ބުނެފައި ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވަނީ އެ ކުންފުންޏަށާއި އެ މަސައްކަތް ކުރާ ފަރާތަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ.

މާފަރުގައި 50 ކޮޓަރީގެ އެއަރޕޯޓު ހޮޓެލް ތަރައްގީކުރަން ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަަމައަށް ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ އީ-މެއިލް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އައިއޭއެސްއިން ބުނި ގޮތުގައި މާފަރު އެއަރޕޯޓު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން، ރާއްޖޭން ބޭރުން ސީދާ އެ އެއަރޕޯޓަށް އަންނަ ފްލައިޓުތަކުގެ އަދަދު އިތުރުވާނެ ކަމުގައެވެ. އަދި ސަރަހައްދީ ޓޫރިޒަމް ހަބަކަށް އެތަން ވާނެ ކަމަށް ވެސް އައިއޭއެސްއިން ބުނެއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރަން ސެޝަނެއް ބާއްވާނެ ކަމަށެވެ.

އަބޫދާބީ ޑިވެލޮޕްމެންޓް ފަންޑުގެ އެހީގައި ތަރައްގީކޮށްފައިވާ އެ އެއަރޕޯޓު ތަރައްގީ ކުުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެ މަޝްރޫއުގެ ދަށުން އެއަރޕޯޓުގެ ރަންވޭ 650 މީޓަރަށް ދިގުކޮށް، ސްޓްރިޕް ފުޅާކުރުމަށް ބިން ހިއްކައި ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި ޓެކްސީވޭ ފުޅާކޮށް، އޭޖީއެލް އާއި ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި