Wednesday, 9 September 2026
Ads by

ޢާޝޫރާ ދުވަހުގެ މާތްކަމާއި ބެހޭގޮތުން މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފި

ޢާޝޫރާ ދުވަހުގެ މާތްކަމާއި ބެހޭގޮތުން މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުވާލައިފި

މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހުގެ މާތްކަމާއި އެ ދުވަހުގެ މުހިންމުކަމުގެ މައްޗަށެވެ.

Ad Image
Ads by

މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމުން ފުރިގެންވާ، އިސްލާމީ ތާރީޚުގައި ނުހަނު މުހިންމު ހާދިސާއެއް ހިނގާފައިވާ ދުވަހެކެވެ. އެއީ މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން، ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވި ދުވަހެވެ. މާތް الله ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވީ މި ދުވަހުގައެވެ. މި ހާދިސާއިން ލިބިދޭ އެންމެ ބޮޑު ޢިބުރަތަކީ މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމާއި، މާތް اللهއަށް އިތުބާރުކޮށްގެން މެނުވީ ދެދުނިޔޭގެ ސަލާމަތް ނެތްކަން ކަމުގައި ޚުޠުބާގައި ފާހަގަކުރިއެވެ.

މުޙައްރަމް މަހަކީ ހުރުމަތްތެރި ކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މަހެއްކަން ފާހަގަކުރައްވައި، ޚުޠުބާގައި ވަނީ ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ސުންނަތުގެ މައްޗަށް އަލިއަޅުވާލާފައެވެ. ކީރިތި ރަސޫލާ ﷺ މަދީނާއަށް ހިޖުރަކުރެއްވިއިރު، ޔަހޫދީން އެ ދުވަހު ރޯދަހިފަމުންދިޔައީ މޫސާގެފާނު ސަލާމަތްވި ދުވަސް ކަމަށްވާތީއެވެ. އެހިނދު ރަސޫލާ ﷺ ޙަދީޘްކުރެއްވީ މޫސާގެފާނަށްޓަކައި ޔަހޫދީންނަށްވުރެ މުސްލިމުން އައުލާކަން ބޮޑު ކަމަށެވެ. އަދި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމުގެ އުފާވެރި ޚަބަރު ރަސޫލާ ﷺ ދެއްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި އަމަލުކުރަންވީ އެންމެ އިތުރުވެގެންވާ ގޮތަކީ، ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން ޢާޝޫރާ ދުވަހުގެ ކުރިއަށް އެއް ދުވަސް ނުވަތަ ފަހަށް އެއް ދުވަސް އިތުރުކޮށްގެން ރޯދަހިފުން ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.

މީގެ އިތުރުން، ޢާޝޫރާ ދުވަހާ ގުޅުވައިގެން ބައެއް ފަރާތްތަކުން ކުރަމުންދާ ބިދުޢަތަކާއި ދީނާ ޚިލާފު ކަންކަމާމެދު ޚުޠުބާގައި ވަނީ އިންޒާރު ދެއްވާފައެވެ. ޚާއްޞަކޮށް، މީހަކު މަރުވުމުން ހިތާމަފާޅުކުރުމުގެ ގޮތުން ދީނުގެ އުޞޫލުތަކާ ޚިލާފަށް ކުރާ ކަންކަމަކީ އިސްލާމީ ޝަރީޢަތުގައި ނަހީކުރައްވާފައިވާ ކަންކަން ކަމުގައި ހަނދާންކޮށްދިނެވެ. އަދި ޒަމާނީ މީޑިއާގެ ތެރެއިން ފެތުރޭ މިފަދަ ނުބައި ފިކުރުތަކުން ދުރުހެލިވެ، ހަމައެކަނި ސުންނަތުގައިވާ ގޮތަށް އަޅުކަންތައް އަދާކޮށް މާތް اللهގެ ޙަޟުރަތާ ކުއްތަންވުމަށް މިއަދުގެ ޚުޠުބާގައި ހުރިހާ މުސްލިމުންނަށް ވަނީ ގޮވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި