Sunday, 26 July 2026
Ads by

ލުއިސް ޑިއާޒްގެ މޮޅު ކުޅުމާއެކު، އުޒްބަކިސްތާން ބަލިކޮށް ކޮލަމްބިއާއިން ފެށުން ރަނގަޅުކޮށްފި

ލުއިސް ޑިއާޒްގެ މޮޅު ކުޅުމާއެކު، އުޒްބަކިސްތާން ބަލިކޮށް ކޮލަމްބިއާއިން ފެށުން ރަނގަޅުކޮށްފި

ކޮލަމްބިއާގެ ލުއިސް ޑިއާޒް އެޓީމުގެ ދެވަނަ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ | ރޮއިޓަރސް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ’ކޭ‘ ގައި ކޮލަމްބިއާ އާއި އުޒްބަކިސްތާން ބައްދަލުކުރި ފޯރިގަދަ މެޗު 3-1 ގެ ނަތީޖާއަކުން ކޮލަމްބިއާ ކާމިޔާބުކޮށްފިއެވެ.

Ad Image
Ads by

މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާއިން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެޗުގެ 40 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ލީޑު ނަގައިދިނީ ޑެނިއަލް މުނޯޒްއެވެ. މިއީ ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. 80،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.

ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ އުޒްބަކިސްތާނުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، މެޗުގެ 60 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރިއެވެ. މި ލަނޑު އެގައުމަށް ކާމިޔާބުކޮށްދިނީ އައްބޮސްބެކް ފައިޒުއްލައޭވްއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އުޒްބަކިސްތާނުން ޖެހި ފުރަތަމަ ލަނޑެވެ.

އުޒްބަކިސްތާނުން ނަތީޖާ އެއްވަރުކުރިތާ ފަސް މިނެޓު ފަހުން، 65 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ވަނީ ލަނޑެއް ޖަހައި އަލުން ކޮލަމްބިއާއަށް ލީޑު ހޯދައިދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ 9 ވަނަ މިނެޓުގައި ޖަމިންޓަން ކަމްޕާޒް ވަނީ ކޮލަމްބިއާގެ ތިންވަނަ ލަނޑު ޖަހައި މެޗުން އެގައުމު މޮޅުވިކަން ކަށަވަރުކޮށްދީފައެވެ.

އިޓަލީގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ފަބިއޯ ކަނަވާރޯގެ އިރުޝާދުގެ ދަށުން ކުޅުނު އުޒްބަކިސްތާނުން މެޗުގެ ފަހުވަގުތު ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ކޮލަމްބިއާގެ ވަރުގަދަ ޑިފެންސުން ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ.

މި މެޗުން މޮޅުވުމާއެކު ކޮލަމްބިއާއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މުބާރާތުގެ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ކޮލަމްބިއާ ނުކުންނާނީ ޑީ.އާރު ކޮންގޯއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު އުޒްބަކިސްތާން ބައްދަލުކުރާނީ ޕޯޗުގަލްއާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި