Sunday, 26 July 2026
Ads by

މާލެ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި ފަށައިފި

މާލެ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި ފަށައިފި

މާލެ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި ފެށުން--- ފޮޓޯ: ޕީއެސްއެމް

މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ”މާލެ ޓެކްސީ“ ލައިންގެ ހިދުމަތް ވިލިމާލޭގައި ފަށައިފިއެވެ.

Ad Image
Ads by

ވިލިމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަޙުމަދު ސަޢުދާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

”މާލެ ޓެކްސީ“ ގެ ނަމުގައި އެމްޓީސީސީން ޓެކްސީގެ ހިދުމަތް ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ހިދުމަތް ތައާރަފުކުރުމަށްފަހު ދުވަސްކޮޅަކަށް ރައްޔިތުންނަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ދިނުމަށްފަހު، ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދަތުރުތަކަށް އަގު ނަގަން ވަނީ ފަށައިފައެވެ.

ޖުމުލަ 150 ކާރާއެކު ފެށި މި ހިދުމަތަކީ 24 ގަޑިއިރު ދެމުން އަންނަ ހިދުމަތެކެވެ.

ސަރުކާރުން އަންނަނީ ޓެކްސީގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ޓެކްސީގެ ނަމުގައި މޯބައިލް ފޯނު އެޕްލިކޭޝަނެއް ތައާރަފްކޮށްފައިވާއިރު، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީގައި ވެސް މި ހިދުމަތް ފެށުމަށް ވަނީ ނިންމައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި