Sunday, 26 July 2026
Ads by

ސިއްކަ އާއިލާގެ ”ވޭޕް“ ވަގުފާރި: 5,600 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެއްޖެ

ސިއްކަ އާއިލާގެ ”ވޭޕް“ ވަގުފާރި: 5,600 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެއްޖެ

ސިއްކަ އާއިލާގެ ބައެއް ސިޔާސީ މެންބަރުން..

ކަނޑުމަގުން ރާއްޖެ އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 5,600 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދަށް ބޮޑެތި ތުހުމަތުތަކެއް ވަނީ އަމާޒުވެފައެވެ.

Ad Image
Ads by

މި މުދާ ޝިޕްމަންޓަކީ ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދާއި، އެކަމަނާގެ ބައްޕަ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު އަދި އާއިލީ އެހެން މެންބަރުންގެ މަސްލަހަތު އޮންނަ ”ޕޭން އޯޝަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް“ އިން އެތެރެކުރި މުދާ ކަމަށް ކަސްޓަމްސް އިން ވަނީ މައުލޫމާތު ދެއްވާފައެވެ. އެހެން ނަމަވެސް ފުލުހުންގެ ރަސްމީ ބަހެއް މިކަމުގައި އަދި ލިބިފައި ނުވެއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި، މިދިޔަ ޖޫން މަހުގެ 17 ވީ ބުދަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނަކީ، ރާއްޖެ ގެނައި ޝިޕްމަންޓެއްގައި ޤާނޫނާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން ހިންގި އޮޕަރޭޝަނެކެވެ. ”ޖެނެރަލް ކާގޯ“ ގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި 5,600 ވޭޕް ކާޓްރިޖް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކުރީގެ ރައީސްގެ ދެކަނބަލުންނަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، އަމިއްލަ މާލީ މަންފާއަށްޓަކައި ޤާނޫނާ ޚިލާފު ކަންކަން ކުރުމަކީ އެ އާއިލާގެ އާދައެކެވެ. އަދި ދައުލަތުގެ އެންމެ މަތީ މަގާމުތަކުގައި ތިއްބެވިއިރުވެސް، އާއިލީ ވިޔަފާރިތަކުން މިފަދަ ނޭދެވޭ އަމަލުތައް ހިންގާފައިވާކަން މި ހާދިސާއިން ހާމަވާކަމަށް އާންމުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން، މި މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި އެހެން އޮޕަރޭޝަންތަކެއްގައިވެސް 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ވަނީ އަތުލައިގަނެފައެވެ.

މި މައްސަލަ ކަސްޓަމްސްއިން އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު، މިކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. މިހާތަނަށް މިކަމާ ގުޅޭގޮތުން ކުރީގެ ރައީސް ޞާލިޙުގެ ފަރާތްޕުޅުން ނުވަތަ ފަޒްނާ އަޙްމަދުގެ ފަރާތްޕުޅުން ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި