Wednesday, 9 September 2026
Ads by

ރައީސް އެދިވަޑައިގެންނެވީ ފަހު 10 ގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް

ރައީސް އެދިވަޑައިގެންނެވީ ފަހު 10 ގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް

ރައީސް މުޢިއްޒު: އެދިވަޑައިގެންނެވީ ފަހު 10 ގެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް - ފޮޓޯ:ޕީޕީއެމް

މި ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

Ad Image
Ads by

ރައީސް އޮފީހުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގައި ސަރުކާރު ބަންދުކުރައްވަން ނިންމެވީ ރޭ އަޅުކަމަށް ފުރުސަތު ދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް ކަމަށެވެ.

”ސަރުކާރުން ނިންމީ ފަހު 10 އެއް ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަށް ފަސޭހަކޮށް ދިނުމަށްޓަކައި ދުވާލު ހެނދުނު ތެދުވެގެން އޮފީހަށް ގޮސް، މަސައްކަތަށް ދިއުމަށް ވުރެ މި ދުވަސްތަކަކީ އެއްކޮށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅީމާ ފަހު 10 ގެ ހެޔޮ ދަރުމަ އާއި ސަވާބު ހޯދުމަށް އަޅުގަނޑުމެން އެންމެނަށް ވަރަށް ފަސޭހަވެގެން ދާނެ ކަމަށް،“ – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރަމަޟާން މަހުގެ ފަހު 10 ގެ ދަރުމަ ދިވެހި ރައްޔިތުންނަށް ލިބުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހުރިހާ ފަރާތްތަކުންވެސް ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މިއީ ރަމަޟާން މަހުގެ ފަހު 10 އިގެ ދުވަސްތައް އަޅުކަމަށް ހާއްސަކޮށް ދިނުމަށް ދިވެހި ދައުލަތުން ނިންމިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ. ރައީސް ވަނީ ފަހު 10 ގައި ކޮންމެހެން ހިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ނިންމާފައެވެ. އަދި މި ރަމަޟާން މަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ހާއްސަ ފިޔަވަޅުތަކެއް އަޅައި ކާޑުގެ ބާވަތްތައް ހިމެނޭހެން ރޯދަ ހަދިޔާ ރައްޔިތުންނަށް ބަހާފައެވެ. އޭގެ އިތުރުން ކަރަންޓާއި ފެނުގެ ބިލުތަކަށް ލުޔެއް ދިނުމުގެ ގޮތުން ބިލުތަކުން ޑިސްކައުންޓެއް ދީ ވަކި މިންވަރެއް މާފުކޮށްދޭން ވެސް ވަނީ ނިންމާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި