Saturday, 24 October 2026
Ads by

ދަރަނި ދެއްކުމުގައި ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅެނީ ހަރުދަނާ ސިޔާސަތުތަކެއް: އަޒާން

ދަރަނި ދެއްކުމުގައި ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅެނީ ހަރުދަނާ ސިޔާސަތުތަކެއް: އަޒާން

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން---

ދަރަނި ދެއްކެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވަނީ ހަރުދަނާ ސިޔާސަތުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، މި ސަރުކާރުން އަނބުރާ ދައްކާފައިވާ ދަރަނީގެ ބޮޑު ބަޔަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ނަގާފައިވާ ދަރަނިތަކެއް ކަމަށެވެ. އެގޮތުން ޞާލިޙުގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 891.2 މިލިއަން އެމެރިކާ ޑޮލަރު މި ސަރުކާރުން ވަނީ ދައްކާ ހަލާސްކޮށްފައެވެ.

ވޭތުވެދިޔަ 2.5 އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 1.29 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ބޭރުގެ ފަރާތްތަކަށް އަނބުރާ ދައްކާފައި ކަމަށާއި، އޭގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކާއި، އިންޑިއާއާއެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެގްރީމަންޓާއި، އަދި އެސްބީއައިއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު ހިމެނޭ ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.

މިފަދަ ބޮޑެތި އަދަދުތަކުން ދަރަނި ދައްކަމުންދިޔަ ނަމަވެސް، ރާއްޖޭގެ ރިޒާވް ވަރުގަދަ ކުރެވިފައިވާކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ރާއްޖޭގެ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުރި ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި ހުރި މިންވަރު ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްކުރެވިފައިވާކަން އަޒާން ވިދާޅުވިއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖީޑީޕީގެ ނިސްބަތުން 51.3 އިންސައްތައިގައި ދަރަނި ހުރިއިރު، 2026 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މި އަދަދު ވަނީ 44.5 އިންސައްތައަށް ދަށްކުރެވިފައެވެ.

މި ހުރިހާ ކަމަކުން ހާމަވަނީ، ގައުމަށް ކުރިމަތިވެފައިވާ ދަތި ދަރަނީގެ ހާލަތާ ސަރުކާރުން ކުރިމަތިލަމުންދަނީ ނުހަނު ސީރިއަސްކަމާއެކު، ދުރާލާ ރޭވިފައިވާ ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން ކަމަށް އަޒާން ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި