Wednesday, 9 September 2026
Ads by

ތިނަދޫ އެމްއެންޔޫ ކެމްޕަސް އެކަމޮޑޭޝަން އިމާރާތުގެ މަސައްކަތްތައް ފަށައިފި

ތިނަދޫ އެމްއެންޔޫ ކެމްޕަސް އެކަމޮޑޭޝަން އިމާރާތުގެ މަސައްކަތްތައް ފަށައިފި

ގދ. ތިނަދޫގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަސް އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ މުވައްޒަފުންގެ އެކަމޮޑޭޝަން އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބީމްތަކާއި ސްލެބްތަކުގެ ދަގަނޑު އެޅުމާއި ފޯމްވޯކްގެ މަސައްކަތްތައް ކަމަށެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ ދަށުން، ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ ފެންވަރުގެ އެކަމޮޑޭޝަން ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަޝްރޫއުގެ ތެރޭގައި ތިން ފަންގިފިލާގެ އެކަޑަމިކް އިމާރާތަކާއި، ދަރިވަރުންނާއި މުވައްޒަފުންނަށް ވަކިވަކިން ހާއްސަކޮށްފައިވާ ދެ ފަންގިފިލާގެ ދެ އެކަމޮޑޭޝަން ބްލޮކް ބިނާކުރުން ހިމެނެއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، ދަރިވަރުންގެ އެކަމޮޑޭޝަން ބްލޮކްގައި 31 ކޮޓަރިއާއި ލޯންޑްރީގެ ހިދުމަތް ހިމެނޭނެއެވެ. އަދި މުވައްޒަފުންގެ ބްލޮކްގައި ހަތް ކޮޓަރިއާއި ކެފޭއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއަކީ ތިނަދޫ ކެމްޕަސް ފުޅާކޮށް، އެ ތަނަކީ ޒަމާނީ ފެންވަރުގެ ތައުލީމީ މާހައުލަކަށް ހެދުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ ސަބަބުން ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތައުލީމީ އަދި ބޯހިޔާވަހިކަމުގެ ވަސީލަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި