ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ގއ. ގެމަނަފުށީގައި ބިނާކުރާ މިސްކިތުގެ ވުޟޫކުރަން ހާއްސަކޮށްފައިވާ ސަރަހައްދުގެ މަސައްކަތް މެކުހަށް ޖަހާލައިފިއެވެ.
މިސްކިތުގެ ވުޟޫކުރަން ހާއްސަކޮށްފައިވާ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މި ވަގުތު ކުރިއަށްދަނީ އެ އިމާރާތުގެ ކޮލަމް ޝަޓަރިންގގެ މަސައްކަތް ކަމަށް އާރްޑީސީން ވަނީ މައުލޫމާތު ދީފައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގއ. ގެމަނަފުށީގައި ބިނާކުރާ މިސްކިތުގެ ވުޟޫ ކުރަން ހާއްސަ ކޮއްފައިވާ ސަރަހައްދުގެ މަސައްކަތްތަކުގެ ތެރެއިން ކޮލަމް ޝަޓަރިންގ މަސައްކަތް ދަނީ ކުރަމުން.#TeamRDC pic.twitter.com/uiov3vH2mW
— Road Development Corporation Ltd (@rdcmaldives) June 18, 2026
މިއީ އެ ކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ތަފާތު އެކި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ރަށްރަށުގެ މަގުތައް ތަރައްގީކުރުމާއި، ކަސްރަތުކުރުމަށް ބޭނުންވާ އައުޓް ޑޯރ ޖިމްތައް ތަރައްގީކުރުމުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.









