Wednesday, 9 September 2026
Ads by

ކޭންގެ ދެ ލަނޑާއެކު އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށް، ވޯލްޑް ކަޕްގެ ފެށުން ރަނގަޅުކޮށްފި

ކޭންގެ ދެ ލަނޑާއެކު އިންގްލެންޑުން ކްރޮއޭޝިއާ ބަލިކޮށް، ވޯލްޑް ކަޕްގެ ފެށުން ރަނގަޅުކޮށްފި

ރޭގެ މެޗްގެ ތެރެއިން...

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި، ފޯރިގަދަ ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށްފިއެވެ. އެމެރިކާގެ ޓެކްސަސްގައި ހުންނަ ޑަލަސް ކައުބޯއީސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

Ad Image
Ads by

70،000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީއަކުން ކޭން ވަނީ އެ ޓީމަށް ކުރި ހޯދައިދީފައެވެ. މި ޕެނަލްޓީއަކީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް، އިންގްލެންޑްގެ ނޯނީ މަޑުއޭކޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ކޭން ފުރަތަމަ ޖެހި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް ދިފާއުކުރި ނަމަވެސް، ކީޕަރު ރޮނގުން ކުރިއަށް އެރުމުގެ ސަބަބުން ވީއޭއާރުން ނިންމީ ޕެނަލްޓީ އަލުން ޖެހުމަށެވެ. ދެވަނަ ފަހަރު ކޭން ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ކްރޮއޭޝިއާގެ މާޓިން ބަޓޫރިނާ މެޗުގެ 36 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް އޭގެ 6 މިނެޓު ފަހުން ޑެކްލަން ރައިސް ނެގި ކޯނަރަކުން ކޭން ވަނީ ބޮލުން ޖަހައި އިންގްލެންޑަށް ދެވަނަ ފަހަރަށް ކުރި ހޯދައިދީފައެވެ. މިއީ ވޯލްޑް ކަޕްގައި ކޭން ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ އިންގްލެންޑަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ގެރީ އިންކާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކްރޮއޭޝިއާގެ ޕެޓާ މޫސާ ވަނީ ލަނޑެއް ޖަހައި ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ ހިތްގައިމު ލަނޑެއް ޖަހައި އަނެއްކާވެސް އިންގްލެންޑަށް ކުރި ހޯދައިދީފައެވެ. މެޗުގެ ނަތީޖާ ޔަގީންކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށެވެ.

އިންގްލެންޑްގެ އާ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ރަސްމީ މެޗުން މި ހޯދި މޮޅަކީ 1966 ވަނަ އަހަރަށްފަހު އިންގްލެންޑަށް ބޮޑު މުބާރާތެއްގެ ތަށި ހޯދައިދިނުމަށް އޭނާ ކުރާ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެކެވެ. މިއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކްރޮއޭޝިއާ އަތުން ބަލިވި ބަލިވުމުގެ ބަދަލު ހިފުމެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި