Wednesday, 9 September 2026
Ads by

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން: ރައީސް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން: ރައީސް

ރައީސް މުޢިއްޒު: ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން ކަމަށް ވިދާޅުވި - ފޮޓޯ:ޕީޕީއެމް

ރާއްޖޭން ބޭރުން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް މަދުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް ހިންގާ މަޝްރޫއަށް އުތުރުތިލަފަޅުން ހިއްކަނީ 200 ހެކްޓަރުގެ ބިން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އުތުރުތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއެޗްއީސީ) އާއެކު ރާއްޖޭގައި އެގްރިކަލްޗަރ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމުކުރުމަށް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ މަޝްރޫއު އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ހޯދުމަށް ހޭދަކުރާ މިލިއަން ޑޮލަރުގެ ހޭދަ ނިމުމަކަށް ގެނައުމަށްޓަކައި ރާއްޖޭގައި ކާބޯތަކެތި އުފައްދަން މަޝްރޫއެއް ފަށާފައިވާ ކަމަށެވެ.

އޭއީޒެޑްއެއް ގާއިމުކުރުމަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބޮޑު ބިމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި ގޮތުގައި އެތަނާއި ރާއްޖޭގެ ދަނޑުވެރިކަން ކުރާ އެހެން ބައެއް ރަށްރަށް ހިމަނައިގެން އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގައެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ހެއްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އެ އިމްޕޯޓުކުރުން ނިންމުމަކަށް ގެނެވުނީމަ ދެން އަޅުގަނޑުމެންގެ އިގުތިސޯދަށް އަންނާނީ އިތުރު ދިރުމެއް. އަދި އަޅުގަނޑުމެންގެ އަމާޒަކީ އެ ހިސާބުން ނިންމައި ނުލާ ދެވަނަ މަރުހަލާއަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް ފަހު ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ މިންވަރަށް ވެސް ކާބޯތަކެތި އުފެއްދުން،“ – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އޭއީޒެޑް މަޝްރޫއުގެ ތަފްސީލު:

  • ބިން ހިއްކުން
  • ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުން
  • ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްގީކުރުން
  • ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ހެދުން
  • މި މަޝްރޫއާ އެކު ރާއްޖޭގައި ތަރުކާރީ އަދި މޭވާ އުފެއްދުމުގެ ބޭސްއެއް ހުންނާނެ
  • އެގްރިކަލްޗަރަލް ޓެލެންޓް ޓްރެއިނިން ބޭސްއެއް ހުންނާނެ
  • އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް، ލޮޖިސްޓިކްސް، ޑިސްޓްރިބިއުޝަން ސެންޓަރެއް ގާއިމްކުރެވިގެންދާނެ

އޭއީޒެޑްއަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެއް ކަމަށާއި ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ތާރީހަށް ބަލާއިރު، ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓު އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ގައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެއް ކަމަށް އެމްއައިޑީން ބުނެއެވެ.

އެމްއައިޑީން ބުނީ އޭއީޒެޑް އާއެކު، ދަނޑުވެރިންނާއި ޕްރޮސެސްކުރާ ފަރާތްތަކާ އަދި ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާ އެކު ވަށާ ޖެހޭ ހައްލެއް އެއް ތަނަކުން ލިބިގެންދާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި