Wednesday, 9 September 2026
Ads by

އަގުތަކަށް ބަދަލު ގެނައީ ވިޔަފާރިތަކަށް ވިއްކާ ގޭހުން: މޯލްޑިވްގޭސް

އަގުތަކަށް ބަދަލު ގެނައީ ވިޔަފާރިތަކަށް ވިއްކާ ގޭހުން: މޯލްޑިވްގޭސް

މޯލްޑިވް ގޭހުގެ ގޭސް ފުޅިތަކެއް---

މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން، ގޭސް ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާ ގުޅިގެން، މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފިއެވެ.

Ad Image
Ads by

މޯލްޑިވް ގޭހުން މައުލޫމާތުދޭ ގޮތުގައި މި ބަދަލު ގެނައީ ރިސޯޓުތަކާއި ކެފޭ އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ އަގަށް އެކަނި ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންނަށް ލުއިދިނުމުގެ ގޮތުން، ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގޭސް ވިއްކާ އަގުތަކަށް ގެނައި ބަދަލުތަކާއެކު، 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު މިހާރު ވަނީ 25 އިންސައްްތަ ބޮޑުކޮށްފައެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއެއްގެ އަގު ވަނީ 15 އިންސައްތައަށް ބޮޑުކޮށްފައެވެ. އަގުތަކަށް އަލަށް ގެނައި ބަދަލާއެކު އެންމެ ބޮޑު އިންސައްތައެއް އިތުރުވެފައިވަނީ ރިސޯޓުތަކަށް ވިއްކާ ގޭހުގެ އަގުންނެވެ. އެގޮތުން ރިސޯޓުތަކަށް ގޭސް ވިއްކާ އަގު 25 އިންސައްތައަށް ބޮޑުކޮށްފައިވާއިރު، ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތަކަށް ގޭސް ވިއްކާ އަގު ވަނީ 15 އިންސައްތައަށް ބޮޑުކޮށްފައެވެ.

ގޭސް ވިއްކާ އަގަށް އަލަށް ގެނެވުނު ބަދަލާއެކު، 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު މިހާރު ވަނީ 1,314 ރުފިޔާއަށް ބޮޑުވެފައެވެ. އަދި 22 ކިލޯގެ ގޭސް ފުޅިއެއްގެ އަގު ވަނީ 500 ރުފިޔާއަށް ބޮޑުވެފައެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޭހުގެ އަގުތަކަށް އަބަދުވެސް ބަދަލު އަންނަމުންދާކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި