Wednesday, 9 September 2026
Ads by

މޭ މަހު ރާއްޖެއިން އެކްސްޕޯޓްކުރި ދަޅުމަހުގެ އަގު 38 މިލިއަން ރުފިޔާއަށް އަރައިފި

މޭ މަހު ރާއްޖެއިން އެކްސްޕޯޓްކުރި ދަޅުމަހުގެ އަގު 38 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ މޭ މަހު ރާއްޖެއިން ބޭރުކުރި ދަޅުމަހުގެ މިންވަރު އޭގެ ކުރީ މަހާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، އެކްސްޕޯޓްކުރި ދަޅުމަހުގެ އަގު 38 މިލިއަން ރުފިޔާއަށް އަރާފައިވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ad Image
Ads by

ކަސްޓަމްސްއިން އެންމެ ފަހުން އާންމުކުރި ރިޕޯޓްތަކުގައިވާ ގޮތުން، މޭ މަހު ރާއްޖެއިން ޖުމްލަ 98 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ މަހުގެ ބާވަތްތަކެވެ. ވަކިން ހާއްސަކޮށް، އޭޕްރީލް މަހާ އަޅާބަލާއިރު ދަޅުގައި ބަންދުކުރި މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ 22.5 އިންސައްތަ އިތުރުވެފައެވެ. އޭޕްރީލް މަހު 31 މިލިއަން ރުފިޔާގެ ދަޅުމަސް ބޭރުކުރިއިރު، މޭ މަހު މި އަދަދު ވަނީ 38 މިލިއަން ރުފިޔާއަށް އުފުލިފައެވެ.

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ ތަފްސީލަށް ބަލާއިރު، ދަޅުމަހުގެ އިތުރުން ގަނޑުކުރި ކަޅުބިލަމަހުގެ ގޮތުގައި 27 މިލިއަން ރުފިޔާ އަދި ގަނޑުކުރި ކަންނެލީގެ ގޮތުގައި 18 މިލިއަން ރުފިޔާގެ އުފެއްދުން ވަނީ ބޭރުކޮށްފައެވެ.

ދިވެހި އުފެއްދުންތައް އެންމެ ގިނައިން ބޭރުކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ:

އިނގިރޭސިވިލާތް: 36 މިލިއަން ރުފިޔާ
ތައިލޭންޑް: 35 މިލިއަން ރުފިޔާ
ފަރަންސޭސިވިލާތް: 6 މިލިއަން ރުފިޔާ
އިންޑިއާ: 5 މިލިއަން ރުފިޔާ
ޖަރުމަންވިލާތް: 4 މިލިއަން ރުފިޔާ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި މިފްކޯއިން މަސް ގަންނަ އަގު ވަނީ ކިލޯއަކަށް 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށްޓަކައި، އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ދެ އަހަރު ދުވަހަށް ވަނީ މެދުކަނޑާލާފައެވެ. ސަރުކާރުން އުންމީދު ކުރައްވާ ގޮތުގައި މި ލުޔާއެކު އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ މިންވަރު ކުރިއަށް އޮތް ތަނުގައި ދެގުނައަށް އިތުރުވެ، ރާއްޖޭގެ އިގްތިސާދަށް އޭގެ ހެޔޮ ބަދަލު ފެންނާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި