މެންޗެސްޓަރ / ލަންޑަން – މުޅި އިނގިރޭސިވިލާތް ސިއްސުވާލަި އެޤައުމުގެ ކުޑަކުދިން ރައްކާތެރިކުރާ ނިޒާމުގެ ނާކާމިޔާބީ މުޅި ދުނިޔެއަށް ހާމަކޮށްދިން ބޮޑު މައްސަލައިގައި، 13 މަހުގެ ޕްރެސްޓަން ޑޭވީ ރަހުމެއްނެތްގޮތަށް މަރާލިކަމުގެ ކުށް 37 އަހަރުގެ ޓީޗަރު ޖޭމީ ވާލީގެ މައްޗަށް ސާބިތުވެއްޖެއެވެ.
ޕްރެސްޓަން ކްރައުން ކޯޓުގައި 8 ހަފްތާ ވަންދެން ކުރިއަށްދިޔަ ޝަރީޢަތަށްފަހު، ވާލީގެ މައްޗަށް މީހަކު މެރުމާއި ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވިއިރު، އޭނާގެ ބައިވެރިޔާ 32 އަހަރުގެ ޖޯން މެކްގޮވަން-ފަޒާކަރލީގެ މައްޗަށް ވަނީ ކުއްޖާ މަރުވުމަށް ފުރުޞަތު ދިނުމާއި އަނިޔާކުރުމުގެ ކުށް ސާބިތުވެފައެވެ.
WATCH: The Moment Jamie Varley Is Arrested For Murdering 13-Month-Old Preston Davey
No amount of prison time will ever be a sufficient punishment for what this disgusting savage did to an innocent and defenceless little baby
Yet again Social Service have blood on their hands https://t.co/TJeRUT7u5I pic.twitter.com/NIE6ua44Z2
— James Goddard (@JamesPGoddard90) June 16, 2026
ޝަރީޢަތުން ފަޅާއަރާފައިވާ ބިރުވެރި ޙަޤީޤަތްތައް
– މަރުވި ގޮތުގެ ދޮގުތައް ފަޅާއެރުން: ޖުލައި 2023 ގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ފާޚާނާ ތެރެއަށް ގެނބިގެން ކަމަށް ވާލީ ބުނި ނަމަވެސް، ޑޮކްޓަރުން ބެލިއިރު ކުއްޖާގެ އިސްތަށިގަނޑު ހުރީ ހިކިކޮށެވެ. އަދި ޕޯސްޓްމޯޓަމް ރިޕޯޓުން ދެއްކި ގޮތުގައި ކުއްޖާ މަރުވީ ނޭވާލާ ނިޒާމުގެ ތެރެއަށް އެއްޗެއް ކޮށްޕާލައިގެން ނޭވާ ހާސްކޮށްލައިގެންނެވެ. ކުއްޖާގެ ހަށިގަނޑުން 40 އަށްވުރެ ގިނަ ބޮޑެތި ޒަޚަމް ފެނިފައިވެއެވެ.
– ދައުލަތުގެ އިދާރާތަކުގެ އިހުމާލު: މި ކުއްޖާ އެޑޮޕްޓްކުރި ފަހުން، ކުއްޖާގެ ގައިން ޝައްކުކުރެވޭ ނިޝާންތަކެއް ފެނިގެން 3 ފަހަރެއްގެ މަތިން ބްލެކްޕޫލް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ސޯޝަލް ވާކަރުންނަށްވެސް ކުއްޖާ ދެއްކިއެވެ. ނަމަވެސް އިނގިރޭސި ދައުލަތުގެ އެއްވެސް އިދާރާއަކަށް މި އަނިޔާތައް ހުއްޓުވިފައެއް ނުވެއެވެ.
– ކޯޓުގެ މަންޒަރު: ޖުމްލަ 29 ކުށެއް ސާބިތުވިކަން އިޢުލާންކުރުމާއެކު، ވާލީ ވަނީ ކޯޓު ތެރެއަށް ކަކޫމައްޗަށް ތިރިވެ، ހޮޑުލާން ފަށާފައެވެ. ފުލުހުންގެ އިސްވެރިޔާ އެންޑީ ފެލޯސް ވިދާޅުވީ މި ދެމީހުންނަކީ ”ނުބައިކަމުގެ އިންތިހާ“ ކަމަށެވެ.
މިއީ އިނގިރޭސިވިލާތުގައި ލާދީނީ ފިކުރާ ގުޅިފައިވާ މިފަދަ ފުރަތަމަ ޙާދިސާއެއް ނޫން
މައްސަލައަކީ 2016 ވަނަ އަހަރު އިނގިރޭސިވިލާތުގައި ހިނގާދިޔަ މިފަދަ އެހެން ބޮޑު ކާރިސާއަކާ ވަރަށް އެއްގޮތް މައްސަލައެކެވެ. އެ އަހަރު، އެއްޖިންސުން ގުޅުން ހިންގާ ފިރިހެން ”ދެމަފިރިއަކު“ އެޑޮޕްޓްކުރި 18 މަހުގެ އަންހެން ކުއްޖަކު (އެލްސީ ސްކަލީ-ހިކްސް) ވަނީ ރަހުމެއްނެތްގޮތަށް އަނިޔާކޮށް މަރާލާފައެވެ. ކުއްޖާ އެޑޮޕްޓްކުރިތާ 8 މަސް ތެރޭގައި ކުއްޖާއަށް ބޮޑެތި ޒަޚަމްތަކެއް ލިބެމުންދިޔައިރުވެސް، އިނގިރޭސި ސޯޝަލް ސަރވިސްއާއި ޑޮކްޓަރުންނަށް އެކަންކަން ހުއްޓުވިފައެއް ނުވެއެވެ. އޭގެ ސަބަބަކީ އެފަދަ އެޑޮޕްޝަންތަކާމެދު ދައުލަތުގެ އިދާރާތަކުން ”މާބޮޑަށް ޕޮޒިޓިވްކޮށް“ ދެކި، އަނިޔާކުރާކަމަށް ޝައްކު ނުކުރުމެވެ. އެ މައްސަލައިގައި ކުއްޖާ މަރާލި މެތިއު ސްކަލީ-ހިކްސް ވަނީ މަދުވެގެން 18 އަހަރު ޖަލުގައި ހޭދަކުރަންޖެހޭ ގޮތަށް އުމުރަށް ޖަލަށްލާފައެވެ. މި މައްސަލައިގެ ވާލީ ފަދައިން، އޭނާވެސް ވަނީ ކުއްޖާ މަރާލުމުގެ ކުރިން ފޯނު މެސެޖުތަކުގައި ކުއްޖާއަށް ”ޝައިޠާނާ“ ފަދަ ނަންނަން ކިޔައި ހަޑިހުތުރުކޮށް މުޢާމަލާތްކޮށްފައެވެ.
ހުޅަނގުގެ ”ޕްރޮގްރެސިވް“ ސިޔާސަތުތަކާއި އެލްޖީބީޓީ ފަދަ ލާދީނީ ފިކުރަށް ދޭ ޚާއްޞަ އިމްތިޔާޒުތަކުގެ ސަބަބުން ކުޑަކުދިންގެ ކަރާމާތައި ފުރާނަ ނުރައްކަލަށް
އިނގިރޭސިވިލާތުގައި 13 މަހުގެ ޕްރެސްޓަން ޑޭވީ ރަހުމެއްނެތްގޮތަށް މަރާލި ޙާދިސާއިން ހާމަވެގެންދިޔައީ ހަމައެކަނި ދެމީހެއްގެ ނުބައިކަމެއް ނޫނެވެ. މިއިން މުޅި ދުނިޔެއަށް ފަޅާއަރައިގެން ދިޔައީ، ޔޫރަޕާއި ހުޅަނގުގެ ޤައުމުތަކުން އެލް.ޖީ.ބީ.ޓީ ސިޔާސަތުތަކަށް ދޭ ކަނު ތާއީދާއި، އެފަދަ ވަޙުޝީ ނުލަފާ މުޖުރިމުންނަށް ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ދީފައިވާ ޚާއްޞަ އިމްތިޔާޒުތަކުގެ ސަބަބުން ނުކުންނަ ބިރުވެރި ނަތީޖާއެވެ.
މިފަދަ މައްސަލަތައް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ހުޅަނގުގެ ސޯޝަލް ސަރވިސްތަކާއި ޑޮކްޓަރުން ތިބެނީ އެލް.ޖީ.ބީ.ޓީ ލާދީނީންނާ ދެކޮޅަށް ސުވާލު އުފައްދަންވެސް ބިރުންނެވެ. އޭގެ ނަތީޖާއަކީ، ކުށެއްނެތް ތުއްތު ކުދިންގެ މުޅި ޙަޔާތް ބަރުބާދުވެ، ފުރާނަވެސް ގެއްލޭ ފަދަ ޙާލަތްތައް މެދުވެރިވުމެވެ.
– ބިރުން ފިޔަވަޅު ނޭޅުން: ޕްރެސްޓަން ޑޭވީ އަދި 2016 ވަނަ އަހަރު މަރާލި އެލްސީ ސްކަލީ-ހިކްސްގެ މައްސަލައިގައިވެސް، ކުދިންގެ ހަށިގަނޑުން ބޮޑެތި ޒަޚަމްތައް ފެނިގެން އެތައް ފަހަރަކު ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް، އެއްޖިންސުން ގުޅުން ހިންގާ ދެމަފިރިންނަށް ވުމުން، އެމީހުންނާ ދެކޮޅަށް ތަޙުޤީޤެއް ހިންގަން ސޯޝަލް ވާކަރުންނާއި ޑޮކްޓަރުން ފަސްޖެހުނެވެ. މީގެ މައިގަނޑު ސަބަބަކީ، ”ތަފާތުކުރާ ބައެއް“ ކަމުގެ ލޭބަލް އެޅި، ސިޔާސީ ގޮތުންނާއި ވަޒީފާގެ ގޮތުން ކުރިމަތިވެދާނެ ފިއްތުންތަކަށް ބިރުގަތުމެވެ.
– ހުޅަނގުގެ ދެފުށްދެގޮތްކަން: މިއީ ހުޅަނގުގެ މުނާފިޤުކަން އެންމެ ބޮޑަށް ފެންނަ އެއް ދާއިރާއެވެ. އެމެރިކާއާއި ޔޫރަޕުން ދަނީ ގަދަބާރުންނާއި ބިރުދައްކައިގެން މުޅި ދުނިޔެއަށް، ޚާއްޞަކޮށް އިސްލާމީ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މި މުޑުދާރު ވިހަ ލާދީނީ ފިކުރު، އެލް.ޖީ.ބީ.ޓީ އެޖެންޑާ ފަތުރަން މަސައްކަތްކުރަމުންނެވެ. މި ސިޔާސަތުތަކާ ދެކޮޅުހަދާ ޤައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެހީތައް ކަނޑާލައެވެ. ނަމަވެސް އެމީހުންގެ އަމިއްލަ ޤައުމުގައި މި ”ޕްރޮގްރެސިވް“ ސިޔާސަތުތަކުގެ ސަބަބުން ތުއްތު ކުދިންނަށް ރައްކާތެރިކަން ނުދެވި، އެކުދިންގެ އާދޭސްތަކަށް ދައުލަތް ވަނީ ބީރުކަންފަތެއް ދީފައެވެ.
– ޚާއްޞަ އިމްތިޔާޒުތައް ދިނުން: އާދައިގެ ޢާއިލާތަކަށް ކުދިން އެޑޮޕްޓްކުރުމުގައި އިންތިހާއަށް ހަރުކަށި އުސޫލުތައް ގެންގުޅޭއިރު، އެލް.ޖީ.ބީ.ޓީ މީހުންނަށް ކުދިން ދިނުމުގައި ޔޫރަޕްގެ އިދާރާތަކުން ގެންގުޅެނީ ވަރަށް ލުއި، އަދި އެކަން ޕްރޮމޯޓްކުރުމުގެ ސިޔާސަތެކެވެ. މީގެ ސަބަބުން، ކުދިންގެ ރައްކާތެރިކަމަށްވުރެ ބޮޑަށް އިސްކަންދެވެނީ ސިޔާސީ އެޖެންޑާ ކުރިއެރުވުމަށެވެ.
މި މައްސަލައިގައި ކުށްވެރިވި ވާލީ އާއި އޭނާގެ ބައިވެރިޔާގެ މައްޗަށް ޙުކުމް އިއްވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.











