Monday, 27 July 2026
Ads by

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭތީ އަނބުރާ މަޖިލީހަށް ފޮނުއްވައިފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭތީ އަނބުރާ މަޖިލީހަށް ފޮނުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރުމަށް ފޮނުއްވުމުން، އެ ބިލުގައި އިސްލާހު ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަމަށް ފެނިވަޑައިގަންނަވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.

Ad Image
Ads by

މި ބިލު އަނބުރާ ފޮނުއްވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ރަސްމީ ސިޓީފުޅަކާ އެކުގައެވެ. އެ ސިޓީފުޅުގައި ބިލު ތަސްދީގު ނުކުރައްވައި ފޮނުއްވާލެއްވި ސަބަބުތަކާއި، ބިލުގެ މަގުސަދު ހާސިލުކުރުމަށް ހުރި ހުރަސްތައް ތަފްސީލުކޮށް ބަޔާންކުރައްވާފައިވެއެވެ.

އެ ސިޓީގައި ރައީސް ފާހަގަކުރެއްވި މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި، ގައިދީން ގުނަވަން ހަދިޔާކުރުމާ ގުޅޭގޮތުން ބިލަށް ގެނެސްފައިވާ ބަދަލުތައް ހިމެނެއެވެ. ސަރުކާރުން ބިލު ހުށަހެޅިއިރު، ގައިދީންނަކީ މަޖުބޫރުކަމެއް ނެތި ފުރިހަމަ މިނިވަން އިހްތިޔާރުގައި ރުހުން ދެވޭނެ ބައެއް ކަމަށް ނުބެލެވޭތީ އެ ފުރުސަތު އޮތީ ހަނިކޮށްފައެވެ. ނަމަވެސް މަޖިލީހުން ބިލު ފާސްކުރިއިރު އެ ޝަރުތުތައްއް އުނިކޮށްފައިވާތީ، އެކަމުގެ ސަބަބުން ބިލު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން، ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދުތައް ހެދުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި، ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚާ ދެމެދު ފުށުއެރުންތަކެއް ހުރިކަން ރައީސްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ. ވަކިން ހާއްސަކޮށް، ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް އުފެއްދުމުގެ ކުރިން، އެ ކައުންސިލުގެ ލަފާގެ މަތިން ހަދަންޖެހޭ ގަވާއިދުތައް އެކުލަވައިލުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަން އެމަނިކުފާނު ވަނީ ބަޔާންކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ބިލު އަނބުރާ ފޮނުއްވަމުން، ރައީސް މުޢިއްޒު ވަނީ މަޖިލީހުން މިކަންކަމަށް ރިއާޔަތްކޮށް ބިލު އަލުން މުރާޖައާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
udha vnews
ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް އުދައަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
psm udha photo
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
20260726_063413
ބާލިންގައި އެލްޖީބީޓީ ހަރަކާތެއްގެ ތެރެއަށް ކާރެއް އަރުވާލާ ދިން ޙަމަލާއެއްގައި މީހަކު މަރުވެ 16 މީހުން ޒަޚަމްވެއްޖެ، ލާދީނީ ހަރަކާތްތައް ވަގުތުން ހުއްޓާލައިފި
IMG_6640
ދެ އަހަރުން 590 މަޝްރޫއު ނިންމައިފި، މިއީ ކުރީގެ ސަރުކާރުތަކަށް ވުރެ ބޮޑު ކުރިއެރުމެއް: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި