Sunday, 26 July 2026
Ads by

ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފި، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަސްޓްލޭޑީ

ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފި، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަސްޓްލޭޑީ

ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް - ފޮޓޯ:މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅުމަށް ހުޅުމާލޭގައި ގާއިމުކުރާ ”ޕެޓް ކެއަރ ފެސިލިޓީ“ ގެ ބިންގާ އަޅައިފިއެވެ.

Ad Image
Ads by

ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.

ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. މިއީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ހަދަމުން އަންނަ ތަނެކެވެ. މި ތަން ހަދަން އެޗްޑީސީން ވަނީ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފައެވެ. މި ފެސިލިޓީ ހަދަނީ ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައެވެ.

އެނިމަލް ވެލްފެއަރ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ފެސިލިޓީގެ ބައުންޑަރީ ފެންސުގެ ޖެހުމުގެ މަސައްކަތް މި މަހުގެ 19 ވަނަ ދުވަހު ފަށާފައިވާ ކަަމަށެވެ.

މި ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމައްޗާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާ އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ހުޅުވޭ ފެސިލިޓީއެއް ކަމަށް އެނިމަލް ވެލްފެއަރ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި ފެސިލިޓީ މެދުވެރިކޮށް ބުޅާތަކަށް ބޭނުންވާ ފުރިހަމަ އަޅާލުން ލިބޭނެ ކަމަށެވެ.

ޕެޓް ކެއަރ ފެސިލިޓީގައި:

  • ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދެއް ހުންނާނެ
  • ކްލިނިކަކާއި ލެބޯޓްރީއެއް ހުންނާނެ
  • ފާމަސީއެއް ހުންނާނެ
  • ހިޔާވަހިކަމާއި އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ
  • ބުޅާތައް ދުވެ އުޅެން ސަރަހައްދެއް އޮންނާނެ

”މި ވަގުތީ ކެޓް ޝެލްޓާ ގާއިމުކުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ ބުޅާތައް ގިިނަވެފައިވުމުން ކުރިމަތިވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ،“ އެނިމަލް ވެލްފެއަރ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ގިނަވަމުންދާ ބުޅާތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި