Saturday, 24 October 2026
Ads by

ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް، ހަ މީހަކަށް ފަރުވާދީފި

ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް، ހަ މީހަކަށް ފަރުވާދީފި

ހުޅުމާލޭގެ ފްލެޓެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުމުގެ އަސަރުކޮށްގެން ހަ މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފިއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ 141 ވަނަ ފްލެޓްގައި ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެ ފްލެޓު ތެރޭގައި އަލިފާން ރޯވެ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ފެތުރިގެން ދިޔައެވެ. އަލިފާން ރޯވުމާއެކު އެ އިމާރާތުގައި ދިރިއުޅޭ އެހެން ފަރާތްތަކުން ވަގުތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ ސަރަހައްދުން ބޭރަށް ނުކުމެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތައް ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި ހަ މީހުންނަކީ އެޕާޓްމަންޓްގެ ތެރޭގައި ތިބި މީހުންނެވެ. ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، ފަރުވާ ހޯދި އެންމެންގެވެސް ހާލު ރަނގަޅެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި