Sunday, 27 September 2026
Ads by

އެމެރިކާގެ ޖެއްސުން ދިފާއުކުރަމުން ފީފާގެ ރައީސް އީރާންގެ ގައުމީ ޓީމާ ބައްދަލުކޮށް ހިތްވަރުދީފި

އެމެރިކާގެ ޖެއްސުން ދިފާއުކުރަމުން ފީފާގެ ރައީސް އީރާންގެ ގައުމީ ޓީމާ ބައްދަލުކޮށް ހިތްވަރުދީފި

ފީފާގެ ރައީސް އީރާންގެ ގައުމީ ޓީމާބައްދަލުކުރުން...

އެމެރިކާގެ ފިއްތުން ތަކަށް އިޖާބަ ދިނުމެއް ނެތް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އީރާންގެ ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވައި، އެ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ހޯމަ ދުވަހު ނިއުޒީލޭންޑާ ދެކޮޅަށް އީރާން ކުޅުނު މެޗަށް ފަހުގައެވެ.

Ad Image
Ads by

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންފަންޓީނޯ އީރާން ޓީމާ ބައްދަލުކުރެއްވީ މެޗު ނިމުމަށްފަހު ޗޭންޖިންގ ރޫމްގައެވެ. ނިއުޒީލޭންޑާ ވާދަކޮށް 2-2 އިން އެއްވަރުވި މި މެޗަށްފަހު، އިންފަންޓީނޯ ވަނީ އީރާންގެ ކުޅުންތެރިން ދެއްކި ހިތްވަރަށާއި ކުރި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި އެކި ގޮންޖެހުންތަކާއެކުވެސް އީރާންގެ ޓީމުން ދައްކަމުންދާ ކުޅުން އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންފަންޓީނޯ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅުންތެރިންނަށް ދިމާވާ ދަތިތައް ބަލައިގަންނަކަމަށާއި، ފީފާގެ ފަރާތުން ހުރިހާ ޓީމުތަކަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. މިއީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމަށް ފީފާއިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރިނަމަވެސް، މުޅި މުބާރާތުގައި އެމެރިކާއިން އިރާނުގެ ޓީމާއިމެދު ކަންކުރަމުންދާގޮތުން މިކަމަށް ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ފީފާގެ ރައީސްގެ މި ޒިޔާރަތަކީ ކުރިއަށް ހުރި މެޗުތަކަށް ތައްޔާރުވަމުންދާ އީރާން ޓީމުގެ ރޫހު ވަރުގަދަވެގެންދިޔަ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެހެންނަމަވެސް އިރާނަށް އަދި މުސްލިމް ބައެއް ޓީމުތަކަށް މި މުބާރާތުގައި ނާއިންސާފުން ޢަމަލުކުރަމުން ދިއުން ބަލައި ނުގަނެވޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިކަމަށް ފީފާއިންވެސް އަމަލީގޮތުން އަޅާލާ މަންޒަރު ފެނިގެން ނުދެއެވެ.

އިރާނުގެ ކޯޗުވެސް ވަނީ މި ތަފާތުކުރުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުރިމަތިވާ ގޮންޖެހުންތަކާ އެކުވެސް، އީރާން ޓީމުން އަންނަނީ މި މުބާރާތުގައި ކާމިޔާބީ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި