Sunday, 27 September 2026
Ads by

މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު

މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު

2026 ޖޫން 15 ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލެސް ކައިރީގައިވާ އިންގްލްވުޑްގައި، ވޯލްޑް ކަޕްގެ ގްރޫޕް 'ޖީ' ގައި ނިއުޒިލޭންޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން، އީރާންގެ ހެޑް ކޯޗު އާމިރު ގަލެނޯއީ ދަނޑުން ފައިބައިގެން ދަނީ. | ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައިވެސް އީރާނަށް ވުރެ ބޮޑަށް އިހާނެތިކޮށް ހިތާފައިވާ ޓީމެއް އޮންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެ ޓީމުގެ ކޯޗު އާމިރު ގަލެނޯއީ ބުނެފިއެވެ. އޭނާ މިހެން ބުނީ ވޯލްޑް ކަޕް ގްރޫޕް ޖީގައި ނިއުޒީލަންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

Ad Image
Ads by

ކޯޗު ގަލެނޯއީ ފާހަގަކުރި ގޮތުގައި، އީރާން ޓީމުގެ ކަންކަން ނިންމުމުގައި އެ ޓީމުގެ އެއްވެސް ބާރެއް ނެތެވެ. ”އީރާން ޓީމުގެ ހުރިހާ ކަމެއް ނިންމަނީ އެހެން ފަރާތްތަކުން. މިއީ ތާކުންތާކު ޖެހޭ ކަމެއް ނޫން،“ ކޯޗު ބުންޏެވެ.

އެމެރިކާއިން ކުރިމަތިކުރި ދަތިތަކުގެ ތަފްސީލު ދެމުން ގަލެނޯއީ ބުނީ، ނިއުޒީލަންޑް މެޗަށް ދެ ދުވަސް ކުރިން ލޮސް އެންޖަލިސްއަށް އައުމަށް އެދުމުން އެކަމަށް ހުއްދަ ނުލިބުނު ކަމަށެވެ. އަދި މެޗު ނިމުމުން އަރާމުކޮށްލުމަށްފަހު ޖެހިގެން އަންނަ ދުވަހު މެކްސިކޯއަށް އެނބުރި ދިއުމުގެ ފުރުސަތު ނުދީ، މެޗު ނިމުނު ގޮތަށް ވަގުތުން ފުރަން އެންގި ކަމަށްވެސް އޭނާ ހާމަކުރިއެވެ. މީގެ އިތުރުން، މާހައުލަށް ހޭނުމަށްޓަކައި ދެ ހަފުތާ ކުރިން އެމެރިކާއަށް ދިއުމަށް ކުރި އިލްތިމާސްއަށްވެސް ހުއްދަ ދީފައިނުވާކަން ކޯޗު ފާހަގަކުރިއެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި އީރާނާއި ނިއުޒިލޭންޑް ބައްދަލުކުރި މެޗަށް ފަހު، އީރާންގެ ޓީމު އެނބުރި މެކްސިކޯއަށް ދިއުމަށް އެމެރިކާގެ ލޮސް އެންޖެލެސް އެއާޕޯޓަށް ދިޔަ ތަނުން ކެޕްޓަން އަދި ފޯވާޑް މަހްދީ ތާރެމީ ވަނީ އެއާޕޯޓުން ހުއްޓުވައިފައެވެ.

މި މެޗާ ގުޅޭގޮތުން ނިއުޒީލަންޑްގެ ކޯޗު ޑެރެން ބީޒްލީ ބުނީ، މެޗުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. ދަނޑުގެ ވިނަގަނޑާއި ސަޕޯޓަރުންގެ ފޯރިވެސް ރަނގަޅުކަން ފާހަގަކޮށް، އޭނާ ބުނީ ދިމާވި ހަމައެކަނި މައްސަލައަކީ މެޗުން މޮޅުނުވެވުން ކަމަށެވެ.

މި ހުރިހާ ދަތިތަކެއްގެ ތެރެއިންވެސް، ލޮސް އެންޖަލިސް ސްޓޭޑިއަމްގައި އީރާންގެ ސަޕޯޓަރުން ދިން ފޯރިގަދަ ތަރުހީބަށް ކޯޗު ޝުކުރު އަދާކުރިއެވެ. އޭނާ ބުނީ ސަޕޯޓަރުންގެ ފަރާތުން ފެނުނު ލޯތްބަކީ މެޗުން ލިބުނު ކާމިޔާބީއާ އެއްވަރުގެ ކަމެއް ކަމަށެވެ. އަދި އީރާން ޓީމު ކޭމްޕް ޖަހާފައިވާ މެކްސިކޯ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބޭ މެހެމާންދާރީއަށްވެސް އޭނާ ޝުކުރު އަދާކުރިއެވެ.

މިފަހަރުގެ ވޯލްޑް ކަޕާ އީރާން ކުރިމަތިލިއިރު، އެ ޓީމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެ ގައުމު އޮތީ ހަނގުރާމައިގެ ”ވިލާގަނޑެއް“ގެ ދަށުގައެވެ. އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާންގެ ގިނަ ރައްޔިތުންތަކެއް މަރާލިއެވެ.

އީރާނަށް ދެން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ޓީމުގައި ހިމެނޭ ބައެއް މެމްބަރުންނަށް (މެނޭޖްމަންޓް ލެވެލް) އެމެރިކާ އިން ވިސާ ނުދިން މައްސަލައެވެ. އީރާން ޓީމު، މެކްސިކޯގައި ކޭމްޕް ކުރުމަކީ ވެސް ގޮންޖެހުމެކެވެ. އެމެރިކާ އިން އީރާންގެ ޓީމު އެ ގައުމުގައި ކޭމްޕް ކުރުމުގެ ފުރުސަތު ވެސް ދީފައި ނުވެއެވެ. އީރާން ކުޅުންތެރިންނަށް ވިސާ ދީފައި އޮތީ ވެސް ހަމައެކަނި މެޗު ކުޅޭ ގަޑިއަށެވެ. މާނައަކީ މެޗު ނިމުމުން އީރާންގެ ކުޅުންތެރިން ވަގުތުން މެކްސިކޯއަށް ފުރަން ޖެހޭނެއެވެ.

މި މުބާރާތުގެ ތެރެއިން އީރާން ޓީމަށް ކުރިމަތިވަމުންދާ މިފަދަ ހުރަސްތަކުގެ ސަބަބުން، މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރެވޭ ފަހަރުގެ ގޮތުގައި ގަލެނޯއީ ވަނީ ސިފަކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި