Saturday, 24 October 2026
Ads by

އަގުބޮޑުކޮށް ފިޔާ ގަންނާކަށް ނުޖެހޭނެ: އެސްޓީއޯގައި ފިޔާގެ ދަތިކަމެއް ނެތް، ކިލޯއެއް 13 ރުފިޔާއަށް!

އަގުބޮޑުކޮށް ފިޔާ ގަންނާކަށް ނުޖެހޭނެ: އެސްޓީއޯގައި ފިޔާގެ ދަތިކަމެއް ނެތް، ކިލޯއެއް 13 ރުފިޔާއަށް!

މާލޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލި، ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ރައްޔިތުން ކަންބޮޑުނުވުމަށާއި އެސްޓީއޯއިން ހެޔޮ އަގުގައި ފިޔާ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ad Image
Ads by

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މައުލޫމާތު ދޭ ގޮތުގައި، ބާޒާރުގައި ފިޔާގެ އަގު ބޮޑުވެ، ފިޔާ ލިބުމުގައި ދަތިތަކެއް އުޅޭ ކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގެ އެކި މަންސަތަކުން އެ ކުންފުންޏަށް ވަނީ ލިބިފައެވެ. ނަމަވެސް، އެސްޓީއޯގެ އައުޓްލެޓްތަކުން އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ފިޔާ ގަންނަން ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އަރުވައެވެ.

އެސްޓީއޯއިން ފިޔާ ވިއްކަމުންދަނީ މީގެ ކުރިންވެސް އާންމުކޮށް ވިއްކަމުންދިޔަ އަގު ކަމަށްވާ ކިލޯއެއް 13 ރުފިޔާގެ މަގުންނެވެ. ބާޒާރުގައި ފިޔާގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ ކަމަކަށްވާއިރު، އެސްޓީއޯއިން އަންނަނީ މިކަން ކަށަވަރު ކުރަމުންނެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފިޔާ ހޯލްސޭލްކޮށް ދޫކުރަން ފަށާނެ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ފިޔާ ލިބޭނެ ގޮތް ހެދުމަށްޓަކައި، އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް ފިޔާ ފޮނުވުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.

އެސްޓީއޯއިން އިތުރަށް ބުނީ، ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އާންމުކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ކޮންމެ ފަހަރަކު އެސްޓީއޯއިން ދަނީ އާންމުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި