Wednesday, 9 September 2026
Ads by

ފެން ބިލުގެ ފައިސާ މަހުން މަހަށް ދައްކައި ހަލާސްކުރެވޭނެ އިންތިޒާމް އެމްޑަބްލިއުއެސްސީން ހަމަޖައްސައިފި

ފެން ބިލުގެ ފައިސާ މަހުން މަހަށް ދައްކައި ހަލާސްކުރެވޭނެ އިންތިޒާމް އެމްޑަބްލިއުއެސްސީން ހަމަޖައްސައިފި

ފެން ބިލުގެ ފައިސާ މަހުން މަހަށް ދައްކައި ހަލާސްކުރެވޭނެ އިންތިޒާމް އެމްޑަބްލިއުއެސްސީން ވަނީ ހަމަޖައްސައިދީފައި - ފޮޓޯ:އެމްޑަބްލިއުއެސްސީ

ފެން ބިލުގެ ފައިސާ މަހުން މަހަށް ދައްކާ ހަލާސްކުރެވޭނެ އިންތިޒާމް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހަމަޖައްސައިފިއެވެ.

Ad Image
Ads by

އާންމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލު ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދިނުމަށް މި މަހުގެ 24 ވަނަ ދުވަހު ވަނީ ނިންމާފައެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން، އެމްޑަބްލިއުއެސްސީން ބުރާސްފަތި ދުވަހު ބުނީ އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންގެ ބިލުތަކަށް މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދެވޭނެ ކަމަށެވެ. މިގޮތުން ޖޫރިމަނާ މާފުކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލުތަކަށް
ދައްކަން ޖެހޭ ޖުމްލަ ފައިސާ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ދެމެދު އެއްކޮށް ދައްކާ ހަލާސްކުރާ ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައި ވަނީ އެއްބަސްވުމެއްގެ ދަށުން އެ ބިލުތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށް އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މާފުކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ހަލާސްކުރުމުން ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލް ކުރުމުން މި ކަމުގައި އެހީތެރިކަން ލިބޭނެ ކަމުގައެވެ.

ނުދެއްކި ގިނަ ދުވަސްވެގެން ޖޫރިމަނާ އަރާފައިވާ ބިލުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށާއި ގަވާއިދުން ބިލުތަކަށް ފައިސާ ދައްކަމުން ގެންދިއުމަށް އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އެމްޑަބްލިއުއެސްސީން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި