Wednesday, 9 September 2026
Ads by

ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ: ޝުޖާއު

ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާނެ: ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު ޝުޖާއު---

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި، ސަރުކާރަށް ސަނާ ނުކިޔާތީ އެތައް ސަތޭކަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޝުޖާއު މި މޭރުމުން ވިދާޅުވީ، މި ސަރުކާރުން އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދުދެއްވައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އެތައް ސަތޭކަ މުވައްޒަފުން ޕީޕީއެމް/ޕީއެންސީ ފިކުރަށް ތާއީދުކުރީތީ ވަޒީފާއިން ވަކިކުރިކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވަންޖެހޭނެ ކަމަށެވެ.

ސަރުކާރަށް ސަނާ ނުކިޔާތީ ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުން، އެ މުވައްޒަފުންގެ ވަޒީފާއިން ވަކިކުރި ޗިޓްތައް މިހާރު ވެސް ގޭގެ ސިޓިންގރޫމް ފާރުތަކުގައި ބަހައްޓާފައި އެބަހުރިކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ފިކުރަށް ތާއީދުކުރީތީ އެ ދުވަސްވަރު ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ދަފްތަރު ވެސް އަދިވެސް އެބައޮތް ކަމަށެވެ.

”ސަރުކާރަށް ސަނާ ނުކިޔާތީ ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުން އެ މުވައްޒަފުންގެ ވަޒީފާއިން ވަކި ކުރި ޗިޓްތައް މިހާރު ވެސް އެ ބޭފުޅުންގެ ގޭގެ ސިޓިންގރޫމް ފާރުތަކުގައި ބެހެއްޓިފައި އެބަހުރި. ގޮސް ބައްލަވާލައްވާ. އެ ދަފްތަރު އަޅުގަނޑުމެން އަތުގައި އެބަ އޮތް،“ – ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، އެ މުވައްޒަފުންގެ ހައްގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ އެ މުވައްޒަފުންނަށް ދެއްވާފައިވާ ކަމަށާއި، އެއީ ބޮޑު ބަދަލު ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު މި މޭރުމުން ވިދާޅުވެފައިވާއިރު، މި ސަރުކާރުން އެމްޑީޕީއަށް ތާއީދުކުރާ އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި، ގައުމުގެ އަމާންކަން ނަގައިލުމަށާއި ހަމަޖެހުން ގަޑުބަޑުކޮށްލުމަށް އަންނަ ބުރާސްފަތި ދުވަހު މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި