Tuesday, 1 September 2026
Ads by

ނަމާދަށް ބަންގި ގޮވުމުން 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި

ނަމާދަށް ބަންގި ގޮވުމުން 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި

ގަލޮޅު ދަނޑު---

ކުޅިވަރު ކުޅޭ ހުރިހާ ސަރަހައްދެއްގައި ވެސް ނަމާދު ވަގުތު ޖެހުމާއެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މަޑުޖައްސާލުމަށް ސްޕޯޓްސް މިނިސްޓްރީން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.

Ad Image
Ads by

މިދިޔަ އާދީއްތަ ދުވަހު ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސަރކިއުލަރއެއްގައި ބުނެފައިވަނީ، ކުޅިވަރު ކުޅޭ ސަރަހައްދުތަކުގައި، ނަމާދަށް ބަންގި ގޮވުމާއެކު 20 މިނިޓަށް ހުރިހާ ކުޅިވަރު ހަރަކާތެއް މަޑުޖައްސާލައި، އެކަން ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އެހެންކަމުން ކުޅިވަރު އެސޯސިއޭޝަންތަކުން އެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށް އެ ސާކިއުލާގައި ވަނީ އެދިފައެވެ.

ސްޕޯޓްސް މިނިސްޓްރީގެ ސަރކިއުލަރގައި ބުނެފައިވަނީ ކްލަބްތަކާއި އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ނަމާދު ވަގުތުތަކާ ދިމާކޮށް ކުޅިވަރު ނުކުޅޭވޭ ގޮތް ހެދުމަށް ގަވާއިދުތަކެއް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. ރައީސް ވިދާޅުވީ ދިވެހިންނަކީ އިސްލާމްދީނާއި ގާނޫނުއަސާސީގެ ހަމަތަކުގެ މަތިން ކަންކަން ބައްޓަންކުރާ ބައެއް ކަމަށެވެ.

ނަމާދު ވަގުތު ނިމިގެންދާއިރު ވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގަސްތުގައި ނޫނަސް ކަންކަން މިހާރު ހިނގަމުން އަންނަ ގޮތަކީ އެއީ ކަމަށެވެ. އަދި އެކަމާ ނުހަނު ހިތާމަކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެންނަވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި އިމާރާތްތަކާއި ކުޅިވަރު ކުޅޭ މައިދާން، އެކުވެނި ފަދަ ތަންތަނުގައި ވުޟޫކޮށް ނަމާދުކުރެވޭނޭހެން ފެސިލިޓީތައް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muizzu
މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ މުޖްތަމައުގެ ޒިންމާއެއް: ރައީސް
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
President_Dr
ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގޭ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި
HRHpvHrbYAA4QWr
ރާއްޖޭގެ 2 އަތޮޅެއް ފިޔަވައި، ހުރިހާ އަތޮޅަކުން، އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ: ޝިޔާމް
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް