Saturday, 24 October 2026
Ads by

މިސްރާއި ބެލްޖިއަމްގެ ކުރިމަތިލުން އެއްވަރު، މިސްރުން ބައިކޮޅަށް ގޯލެއް!

މިސްރާއި ބެލްޖިއަމްގެ ކުރިމަތިލުން އެއްވަރު، މިސްރުން ބައިކޮޅަށް ގޯލެއް!

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީ ގައި ހިމެނޭ ބެލްޖިއަމް އާއި މިސްރު ބައްދަލުކުރި މެޗު، 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

Ad Image
Ads by

ސީޓަލްގެ ލޫމެން ސްޓޭޑިއަމްގައި ކުޅުނު މި ވާދަވެރި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަލުވި ކުޅުމެއް ފެނިގެންދިޔައެވެ.

މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ގެންގުޅެ، މެޗު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރީ ބެލްޖިއަމުންނެވެ. ނަމަވެސް ފުރަތަމަ ހާފުގައި މިސްރުން ކުޅުނީ ވަރަށް ރޭވުންތެރިކަމާއެކު ޑިފެންސްކޮށް، ލިބޭ ކައުންޓާ އެޓޭކުތަކުގައި ނުރައްކާ ކުރުމަށެވެ. މެޗުގެ 19 ވަނަ މިނެޓުގައި މިސްރުން ވަނީ ލަނޑެއް ޖަހައި ކުރި ހޯދާފައެވެ. މިސްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙް ތަނަވަސްކޮށްދިން ހިތްގައިމު ފުރުޞަތަކުން، އިމާމް އަޝޫރު ފޮނުވާލި ބާރު ހަމަލާއަކުން މިސްރަށް ލީޑު ލިބުނުއިރު، ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާއަށް އެ ބޯޅަ ހުއްޓުވޭނެ އެއްވެސް ފުރުސަތެއް ނުލިބުނެވެ.

ދެވަނަ ހާފުގައި ބެލްޖިއަމުން ކުޅުން އިތުރަށް ވަރުގަދަކޮށް، ނަތީޖާ ހަމަހަމަ ކުރުމަށް މެދުނުކެނޑި މަސައްކަތް ކުރިއެވެ. ކެވިން ޑި ބްރޫނޭ އާއި ޔޫރީ ޓީލެމަންސް ފޮނުވާލި ހަމަލާތައް މިސްރުގެ ކީޕަރު މުސްޠަފާ ޝުބައިރު ހުށިޔާރުކަމާއެކު ދިފާއުކުރިއެވެ. މެޗުގެ 66 ވަނަ މިނެޓުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޯ ލުކާކޫ ކުޅުމަށް ނުކުތްތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މެޗުގެ ނަތީޖާ ބަދަލުވިއެވެ. މިސްރުގެ އޭރިއާ ތެރޭގައި ލުކާކޫ އުފެއްދި ނުރައްކާތެރި ހަމަލާއެއް މިސްރުގެ މުޙައްމަދު ހާނީގެ ފައިގައި ޖެހި ބައިކޮޅަށް ވަދެ، ނަތީޖާ 1-1 އަށް ބަދަލުވިއެވެ.

މެޗުގެ ފަހު ވަގުތުކޮޅު ދެ ޓީމުންވެސް ވަރަށް ފޯރިގަދަ ކުޅުމެއް ދެއްކިއެވެ. މިސްރުގެ އުމަރު މާމޫޝް އުފެއްދި ހަމަލާތަކާއި ބެލްޖިއަމުން ފޮނުވި ހުރަސްތަކުން ލީޑު ނެގުމަށް ދެ ޓީމުންވެސް މަސައްކަތް ކުރި ނަމަވެސް، އިތުރު ލަނޑެއް ނުޖެހި މެޗު ނިމުނީއެވެ. މި ނަތީޖާއާއެކު ގްރޫޕް ޖީ ގެ ފޯރި އިތުރަށް ގަދަވެފައިވާއިރު، ކުރިއަށް އޮތް މެޗުތަކުގައި ބެލްޖިއަމް އީރާނާ ދެކޮޅަށް ނުކުންނައިރު، މިސްރު ބައްދަލުކުރާނީ ނިއުޒިލެންޑާއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި