Wednesday, 9 September 2026
Ads by

މި އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާގަތި އަހަރަކަށް ވެގެންދާނެ: ޝަހީމް

މި އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާގަތި އަހަރަކަށް ވެގެންދާނެ: ޝަހީމް

އިސްލާމިކް މިނިސްޓާރު ޑރ. ޝަހީމް---

މި ފެށުނު ހިޖުރީ އާ އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާގަތި އަހަރަކަށް ވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށިގެން ދާއިރު، މި އަހަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ފާގަތި އަހަރަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ޒުވާން ހަތީބުންގެ އަދަދު 1،000 އަށް އަދި ހާފިޒުންގެ އަދަދު 350 އަށް ގާތްކުރާނެ ކަމަށެވެ.

ހަމައެހެންމެ ބިޔަ ބޮޑު ވަގުފު ބިނާތައް ނިންމުމުގެ އިތުރުން، ވަގުފު ފަންޑާއި ޒަކާތު ފަންޑު އިތުރުވެ ފަށާފައިވާ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް ނިމެންގާތްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ، ހުޅުމާލެގައި ބިނާކުރެވޭ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމާއި އަތޮޅުތަކާއި ހުޅުމާލެގައި ބިނާކުރަމުންދާ ދާއިމީ ގިނަ މިސްކިތްތަކެއް ނިމި ހުޅުވިގެން ދިއުމަކީ ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، މި ނޫނަސް ގިނަ ކުރިއެރުންތަކެއް އިސްލާމީ ދާއިރާއަށް މި އަހަރު ލިބިގެންދާނެ ކަމަށެވެ.

މި ހިނގާ 1448 ވަނަ އަހަރަކީ ރާއްޖެ އިސްލާމީ ހިދާޔަތުގެ ގަބޫލުކުރިތާ 900 އަހަރު ފުރޭ އަހަރު ކަމުން، ކުރިއަށް އޮތް އިސްލާމީ ގަރުނަށް ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ އަސާސްތައް ވަރުގަދަ ކުރުމުގެ ހަރުދަނާ ބިންގާތަކެއް އެޅިގެންދާނެ އަހަރު ކަމަށާއި އަމާޒަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ދަމަހައްޓާނެ ހަރުދަނާ ޖީލަކާއި ވަރުގަދަ އިސްލާމީ އުމްރާނީ ކުރިއެރުން ގެނައުން ކަމަށް މިނިސްޓަރު ޝަހީމް ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި