Wednesday, 9 September 2026
Ads by

ފުރަތަމަ ފަހަރަށް ދިވެހި އުމްރާވެރިން ހައިސްޕީޑް ރޭލުގައި މަދީނާއަށް

ފުރަތަމަ ފަހަރަށް ދިވެހި އުމްރާވެރިން ހައިސްޕީޑް ރޭލުގައި މަދީނާއަށް

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހިން ފުރަތަމަ ފަހަރަށް ހައި ސްޕީޑް ރޭލުގައި ދަތުރުކުރަނީ - ފޮޓޯ:ޝަކީލް

މި ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދިޔަ ދިވެހީން ފުރަތަމަ ފަހަރަށް ހައިސްޕީޑް ރޭލުގައި މައްކާއިން މަދީނާއަށް ދަތުރުކޮށްފިއެވެ.

Ad Image
Ads by

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދާ އުމްރާވެރިން މައްކާ އާއި މަދީނާ އާ ދެމެދު ބަހުގައި ކުރަމުން އަންނަ ދަތުރުތަކުގެ ބަދަލުގައި ހައިސްޕީޑް ރޭލުގައި ދަތުރުކުރުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. އެ ނިންމުމާ އެކު މި ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުން ގޮވައިގެން އެ ކޯޕަރޭޝަނުން ވަނީ ހައިސްޕީޑް ރޭލުގައި ފުރަތަމަ ދަތުރުކޮށްފައެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ބުދަ ދުވަހުގެ ހަވީރު ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ ކުރިން މައްކާ އާއި މަދީނާ އާ ދެމެދު އުމްރާވެރިން ދަތުރުކުރަމުން އައީ ބަހުގައި ހަތް ގަޑިއިރުން ކަމަށެވެ. އެ ތަކުލީފު ބޮޑު ދަތުރު ނިމުމަކަށް ގެނެސް، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތްތަކުން ފުރަތަމަ ފަހަރަށް ހައިސްޕީޑް ރޭލުގައި މައްކާއިން މަދީނާއަށް ދަތުރު ކުރަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވެފައި ވަނީ މީގެ ކުރިން ހަތް ގަޑިއިރުން ބަހުގައި މައްކާއިން މަދީނާއަށް ކުރާ ދަތުރު، ހައި ސްޕީޑު ރޭލުގައި ދެ ގަޑިއިރުން ކުރެވޭ ކަމަށެވެ. މި ގޮތަށް ހަމަޖެހިގެން ގޮސްފައިވަނީ އުމްރާގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކުން އުފުލަން ޖެހޭ ތަކުލީފުތައް ވީހާވެސް ލުއި ގޮތަކަށް ހަމަޖައްސައި ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޖާއި އުމްރާއަށް ދާ ދިވެހީންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހައްޖާއި އުމްރާވެރިން ރާއްޖެއަށް ގެނައުމަށް ބޭނުންވާ ތަކެތި ސައުދީ އަރަބިއްޔާގެ ޕޯސްޓު މެދުވެރިކޮށް ގެނައުމުގެ އިންތިޒާމު މި މަހުގެ ކުރީކޮޅު ވަނީ ހަމަޖައްސާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
DSC_1135
އުމުރު ހަމަވާ އުޅަނދުތަކަށް އެކަށީގެންވާ ބަދަލެއް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ: ސަޢީދު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި