Wednesday, 9 September 2026
Ads by

މި ސަރުކާރުގެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަސްރު ދިނުން: ރައީސް

މި ސަރުކާރުގެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަސްރު ދިނުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މި ސަރުކާރުގެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަސްރު ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެރިކަންކުރާ ޕާޓީ ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ތުއްތު ކުދިންގެ އުމުރުން ފެށިގެން ހުރިހާ އުމުރުފުރާއެއްގެ ރައްޔިތުންނަށް ކަންކަން ތަރުތީބު ކުރުމުގައްޔާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަސާސަކީ އިސްލާމްދީން ކަމަށެވެ.

ނަމަވެސް މީގެ ކުރިން ބައެއް ވެރިކަންތަކުގައި ”އަބަދަކު ހަމައިގައި ތިބެން ނުޖެހޭނެ“ ކަމަށް ބުނުމުގެ ސިޔާސަތު ގެންގުޅުނު ކަމަށާއި، އެކަމުގެ އެއް މިސާލަކީ މަސްތުވާތަކެއްޗާއި ވޭޕް ފަދަ ތަކެތި އާންމު ކުރުމުގެ ސިޔާސަތު އެ ފަރާތްތަކުން ގެންގުޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޕީއެންސީން ވެރިކަމާ ހަވާލުވީއިރު، މަސްތުވާތަކެއްޗާއި ވޭޕް ބޭނުންކުރުން އޮތީ އިންތިހާ ދަރަޖައަށް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭ ބިނާކުރުވަނިވި ފިކުރުގެ ސަބަބުން މިފަދަ ނޭދެވޭ ކަންކަން މަދުވަމުން އަންނަ ކަމަށެވެ. އަދި މިހާރު ކަންކަން ތަންފީޒުކުރަމުންދަނީ މީގެ ކުރިން އެކަން ހިނގަމުންދިޔަ ގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން މަސްތުވާތަކެތި ނައްތާލައި، މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނުގައި ހިމަނައި އެ ގާނޫނު ތަންފީޒުކުރަން ފަށާފައިވާ ކަމަށާއި، ވޭޕް މަނާކޮށް ޖެނެރޭޝަނަލް ބޭންއެއް ތައާރަފްކުރުން ހިމެނޭކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. މިކަމުގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ޒުވާނުން އެކަމުން ސަލާމަތްކޮށް، ގައުމަށް ފައިދާހުރި ބޭނުންތެރި ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި