Saturday, 24 October 2026
Ads by

ރައްޔިތުންގެ ބޮލަކަށް ޖެހޭ ދަރަނި މި ސަރުކާރުން ވަނީ ކުޑަކޮށްފައި: ރައީސް

ރައްޔިތުންގެ ބޮލަކަށް ޖެހޭ ދަރަނި މި ސަރުކާރުން ވަނީ ކުޑަކޮށްފައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައްޔިތުންގެ ބޮލަކަށް ޖެހޭ ދަރަނި މި ސަރުކާރުން 6.8 އިންސައްތަ ކުޑަކޮށްފައިވާ ކަމަށާއި ސަރުކާރުގެ ބޭރުގެ ދަރަނި ވެސް ކުޑަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެރިކަންކުރާ ޕާޓީ ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ދަރަނި އަދާކުރަން ދެއްކި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ކުރީގެ ފަސް ރައީސުންގެ ވެރިކަމުގައި ނަގާފައިވާ ދަރަނިތައް ވެސް ހިމެނޭ ކަމަށެވެ.

ދަރަނި އަދާކުރަން ދެއްކި ފައިސާގެ ތެރޭގައި މި ސަރުކާރުން ނެގި ބޮޑެތި ދަރަނިތަކެއް ހިމެނޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވަނީ ތަފާސްހިސާބުތައް ބޭނުންކުރައްވައި އެކި ސަރުކާރުތަކުގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދައްކަވައިފައެވެ.

”ދައުލަތުގެ ޖުމްލަ ދަރަނި ހުރީ މި ސަރުކާރު ފެށުނު އިރު 123 ޕަސެންޓްގައި، 2023 އާ ހިސާބުން ދެން ބައްލަވާ މެއި 2026 އާ ހަމައަށް ވެގެންދާ ގޮތް ދައުލަތުގެ ޖުމްލަ ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 123.6 ޕަސެންޓްގައި ހުރި ދަރަނި، މިސަރުކާރުން މިވަނީ 121.2 އަށް ތިރިކޮށްފައި. ރައްޔިތުންގެ ބޮލުގައި އެޅޭ ދަރަނި ޖީޑީޕީގެ ނިސްބަތުން މިވަނީ ކުޑަކޮށްފައި،“ – ރައީސް ވިދާޅުވިއެވެ.

ތަފާސްހިސާބުތައް ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ދަރަނި އަދާކުރަން ދެއްކި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ކުރީގެ ފަސް ރައީސުންގެ ދުވަސްވަރު ނެގި ދަރަނި ހިމެނޭ ކަމަށެވެ. އެމަނިކުފާނު ވަނީ އެކަމުގެ ތަސްސީލުތައް ވެސް ހާމަކުރައްވައިފައެވެ.

”ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ 891 މިލިއަން ޑޮލަރު އަޅުގަނޑުމެން މިހާރު ދައްކައިިފިން. ރައީސް ޔާމީން ސަރުކާރުގައި ނެގި ދަރަނިތަކުގެ ތެރެއިން 195 މިލިއަން ޑޮލަރު މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ. ރައީސް ނަޝީދާއި ރައީސް ވަޙީދުގެ ދެ ސަރުކާރު އެއްކޮށް އެ ފަސް އަހަރު ތެރޭގައި ނަގާފައި ހުރި ދަރަނީގެ ތެރެއިން ވެސް 62.5 މިލިއަން ޑޮލަރު މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ، ހަމަ އެގޮތަށް ރައީސް މައުމޫނުގެ ސަރުކާރުން ނަގާފައި ހުރި ދަރަނީގެ ތެރެއިން ވެސް 38.1 މިލިއަން ޑޮލަރު، މި 1.2 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ،“ – ރައީސް ވިދާޅުވިއެވެ.

ދަރަނިތައް އަދާކުރުމުން ވެސް އެ ސަރުކާރުތަކުގެ ދަރަނީގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް އަދިވެސް ދައްކަންވެފައި އެބަހުރި ކަމަށް ރައީސް މުޢިއްޒު ވަނީ އިތުރަށް ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި