Wednesday, 9 September 2026
Ads by

ވަރުގަދަ ކުޅުމަކަށްފަހު އޮސްޓްރޭލިއާއިން ތުރުކީ ބަލިކޮށް، ހައިރާން ކޮށްލާފަދަ ނަތީޖާއެއް ނެރެފި

ވަރުގަދަ ކުޅުމަކަށްފަހު އޮސްޓްރޭލިއާއިން ތުރުކީ ބަލިކޮށް، ހައިރާން ކޮށްލާފަދަ ނަތީޖާއެއް ނެރެފި

މުބާރާތުގައި ލިބުނު މޮޅާއެކު އޮސްޓްރޭލިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ---

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ’ޑީ‘ ގައި އޮސްޓްރޭލިއާއާއި ތުރުކީ ބައްދަލުކުރި ފޯރިގަދަ މެޗު، ހައިރާންކުރުވަނިވި ނަތީޖާއަކާއެކު އޮސްޓްރޭލިއާއިން ކާމިޔާބުކޮށްފިއެވެ.

Ad Image
Ads by

ވެންކޫވަރގެ ބީސީ ޕްލޭސްގައި ކުޅުނު މި މެޗު އޮސްޓްރޭލިއާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ތުރުކީން ހަމަލާތަކަށް އިސްކަންދީ، އޮސްޓްރޭލިއާގެ ގޯލަށް އަމާޒުކޮށް 30 ހަމަލާ އުފެއްދި ނަމަވެސް، އެއިން އެއްވެސް ފުރުސަތެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ތުރުކީގެ ހަމަލާތައް ނާކާމިޔާބުވުމުގެ އެންމެ ބޮޑު ސަބަބަކީ އޮސްޓްރޭލިއާގެ ވަރުގަދަ ޑިފެންސާއި، ކީޕަރު ޕެޓްރިކް ބީޗް ދެއްކި އާދަޔާޚިލާފު މޮޅު ކުޅުމެވެ.

މެޗުގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ކާމިޔާބުކޮށްދިނީ ނެސްޓޮރީ އިރަންކުންޑާއެވެ. މި ލަނޑު ފެނިގެންދިޔައީ ތުރުކީން މެޗު ކޮންޓްރޯލްކޮށް ގޯލަށް ނުރައްކާ ކުރަމުންދަނިކޮށް، ލިބުނު ކައުންޓަރ އެޓޭކެއްގައެވެ. އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި ކޯނަރ މެޓްކަލްފް ވަނީ ދެވަނަ ލަނޑު ޖަހައި އޮސްޓްރޭލިއާއަށް މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.

ތުރުކީން ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އޮސްޓްރޭލިއާގެ ފަހަތް ފޫއަޅުވާލުމުގައި އެ ޓީމު ނާކާމިޔާބުވިއެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޑިފެންސިވް ގޭމެއް ކުޅެގެން ޓީމަކަށް ކާމިޔާބު ލިބުނު ފާހަގަކޮށްލެވޭ ފުރަތަމަ މެޗެވެ. އަދި މިއީ ފަހަކަށް އައިސް ތުރުކީން ދައްކަމުން އައި ރަނގަޅު ކުޅުމަށް ބަލާއިރު، ފުޓްބޯޅަ ދުނިޔެއަށް ލިބުނު ކުއްލި ސިހުމެކެވެ.

މި ގްރޫޕްގައި މިހާރު ކޮންމެ ޓީމެއް އެއް މެޗު ކުޅެފައިވާއިރު އޮސްޓްރޭލިއާގެ އިތުރުން މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ މިވަނީ އެ ދެ ޓީމު ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ. މި ގްރޫޕްގައި އޮސްޓްރޭލިއާ ދެން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެމެރިކާއާއެކުގައެވެ. އެހެންކަމުން މިއީ އަނެއްކާވެސް ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މެޗަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ތުރުކީ ދެން ބައްދަލުކުރާނީ ޕެރަގުއޭއާކުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި